logoEN
ޕީއެންސީ 2
މިދިޔަ އަހަރު ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުލަތަށް 35 މިލިއަން ރުފިޔާ ލިބެންޖެހޭ، ލިބުނީ 2 ލައްކަ ރުފިޔާ - އޭސީސީ

މިދިޔަ އަހަރު ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުލަތަށް 35 މިލިއަން ރުފިޔާ ލިބެންޖެހޭ، ލިބުނީ 2 ލައްކަ ރުފިޔާ - އޭސީސީ

އައިޝަތު އިފާޝާ

logo

3/23/2023, 1:47:39 PM

FnzFIrnaIAQn90S

މިިދިޔަ އަހަރު ދަޢުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ ދެލައްކަ ސާޅީސް އަށްހާސް ރުފިޔާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭ.ސީ.ސީން ވިދާޅުވެއްޖެއެވެ.

ޝަރީ 2024

މިިދޔަ އަހަރު އޭ.ސީ.ސީން ބެލި 18 މައްސަލައަކަށް 35 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބެންޖެހެއެވެ. އެހެންނަމަވެސް ލިބިފައިވަނީ ދެލައްކަ ސާޅީސް އަށްހާސް ރުފިޔާއެވެ.

2022 ވަނަ އަހަރުގެ އޭ.ސީ.ސީގެ އަހަރީ އާއްމު ރިޕޯޓުގައިވާ ގޮތުން ވޭތުވެދިޔަ 3 އަހަރުގެ ފޮލޯރއަޕް ހެދިއިރު 28 މައްސަލައަކަށް 34،627،256.20 (ތިރީސް ހަތަރު މިލިއަން ހަ ލައްކަ ހަތާވީސް ހާސް ދުއިސައްތަ ފަންސާސް ހަ ރުފިޔާ ވިހި ލާރި) ލިބެން ޖެހެއެވެ. އެހެންނަމަވެސް ލިބިފައިވަނީ 1،369،770.47 އެއް މިލިއަން ތިން ލައްކަ ފަސްދޮޅަސް ނުވަ ހާސް ހަތް ސަތޭކަ ހަތްދިހަ ރުފިޔާ ސާޅިސް ހަތް ލާރި)އެވެ.

އަދި 2022 ވަނަ އަހަރުގެ 18 މައްސަލައަކަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ލިބިފައިވަނީ 248،657.70 (ދެލައްކަ ސާޅީސް އަށްހާސް ހަސަތޭކަ ފަންސާސް ހަތް ރުފިޔާ ހަތްދިހަ ލާރި)އެވެ.

2022 ވަނަ އަހަރު އޭ.ސީ.ސީން ވަނީ 434 މައްސަލައެއް ނިންމާފައެވެ. މީގެ ތެރޭގައި ހިމެނެނީ ކޮރަޕްޝަން އެކުލެވިގެންވާ 5 މައްސަލައަކާއި، ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިގެން ނުވާކަމަށް ނިންމި 429 މައްސަލައެކެވެ. މި މައްސަލަތަކުގެ ތެރެއިން 209 މައްސަލައެއް ނިސްބަތް ވަނީ މާލެ ސިޓީއަށެވެ. މީގެ އިތުރުން ހިމެނެނީ ހުވަދުއަތޮޅު އުތުރުބުރިއަށް ނިސްބަތްވާ 28 މައްސަލައަކާއި، ތިލަދުންމަތީ އުތުރުބުރިއަށް ނިސްބަތްވާ 26 މައްސަލައެކެވެ.

އޭ.ސީ.ސީގެ އެސިސްޓެންޓް ޑިރެކްޓަރ އައިޝަތު އަރީފާ ވިދާޅުވީ، އެކޮމިޝަނަށް ޤާނޫން މަތިކޮށްފައިވާ ޒިންމާގެ ތެރޭގައި ފައިސާ ހޯދުމުގެ މަސައްކަތް ނެތް ނަމަވެސް ކޮމިޝަނުގެ އިސްނެގުމަށް ތަޙްޤީގު ކުރާ މައްސަލަތަކުގައި ފައިސާ ހޯދުމަށް ކަމާ ގުޅުން ހުރި ފަރާތްތަކަށް އަންގަމުންދާކަމަށެވެ.

"ފައިސާ ހޯދުމަށް އަންގާ މައްސަލަތަކުގެ މަޢުލޫމާތުތައް އަދާ ހަމަކޮށް، އެފައިސާ ދަޢުލަތަށް އަނބުރާ ހޯދާވަރު ބަލާ މޮނިޓަރ ކުރަމުން. ފައިސާ ހޯދުމަށް އެންގި ފަރާތްތަކުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، ހޯމް މިނިސްޓްރީ ލޯކަލް ކައުންސިލްތައް ހިމެނޭ" އަރީފާ ވިދާޅުވިއެވެ.

މިިދިޔަ އަހަރު ނިމުނު އިރު އޭ.ސީ.ސީގައި ނުނިމި ހުރި މައްސަލައިގެ ޖުމުލަ އަދަދަކީ 1585 އެވެ. އަދި އިވެލުއޭޝަން މަރުހަލާގައި ނުނިމި ހުރީ 485 މައްސަލައެވެ. މީގެ އިތުރަށް ތަޙްޤީގު މަރުހަލާގައި 1100 މައްސަލަ ނުނިމި އެބައޮތެވެ. މީގެ ތެރޭގައި އެންމެ ގިނައީ ޕްރޮކިއުމަންޓްގެ މައްސަލަތެކެވެ.

އެގޮތުން މިވަގުތުވެސް 476 މައްސަލައެއް އަންނަނ ީތަޙްޤީގުކުރަމުންނެވެ. އަދި ފައިސާއާއި ތަކެތި ބޭނުންކުރުމާ ގުޅުން ހުރި 158 މައްސަލަ މިހާރުވެސް ތަޙްޤީގުކުރަމުން އަންނަކަމަށް އޭ.ސީ.ސީން ވިދާޅުވެއެވެ. އެހެނިހެން މައްސަލައިގެ ގޮތުގައި 170 މައްސަލައެއް އަންނަނީ ތަޙްޤީގުކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ