logoEN
Sto top
ރަމަޟާން މަހު މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯ ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ކުރަނީ

ރަމަޟާން މަހު މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯ ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ކުރަނީ

އައިޝަތު އިފާޝާ

logo

3/22/2023, 4:15:53 PM

IMG_9047_b8d35d81c1

މާލެސިޓީ އަކީ ރައްޔިތުންނަށް އަމާން ރައްކާތެރިތަނަކަށް ހެދުމުގެ ގޮތުން ރަމަޟާންމަހު މާލެސިޓީ ބެލެހެއްޓުމަށް ހާއްސަ ސަމާލުކަމެއްދީގެން ފުލުހުން މަސައްކަތްކުރަމުންދާނެއެވެ.

Wamco

އެގޮތުން، ފުލުހުންނަށް ހުށަހެޅޭ ކުށްތަކުގެ އަދަދު މަދުކުރުމާއެކު ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ މަސައްކަތްކުރިއަށް ގެންދާނެއެވެ. މާލެއާއި ބުރިޖު އަދި މާލެ- ހުޅުމާލެ ލިންކު ރޯޑުގައި އާންމުގޮތެއްގައި ދިމާވާ ޓްރެފިކް ބާރުބޮޑުވުން ކުޑަކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މާލޭގެ މިސްކިތްތަކަށް ނަމާދުކުރުމަށްދާ މީހުންނަށް އެއްވެސް ދަތިކަމެއްނެތި މިސްކިތްތަކަށް ވަދެނުކުމެ އުޅެވޭނެ މާހައުލެއް ގާއިމުކުރުމާއެކު ނަމާދު ވަގުތުތަކުގައި ޓްރެފިކް ފްލޯ ބެލެހެއްޓުމަށްވެސް ހާއްސަ މަސައްކަތްތަކެއް ފުލުހުން ކުރަމުންގެންދާނެއެވެ. އަދި ހަމަ އެހެންމެ ބާޒާރުކުރުމަށާއި އެހެނިހެން ބޭނުންތަކުގައި އެއްވެސް ދަތިކަމެއްނެތި ހިނގާބިނގާވެ އުޅެވޭނެގޮތާއި ދަތުރުފަތުރު ކުރޭވެނޭހެން މަގުމަތި ތަރުތީބުކުރުމުގެ މަސައްކަތްކުރިއަށް ގެންދާނެއެވެ. އަދި ދަތުރުވެރިންގެ މާރުކޭޓު ކައިރީގައި ގަވާއިދާ ހިލާފަށް ޕާކުކުރުން ހުއްޓުވުމަށްވެސް އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެއެވެ.

undefined

ހަމައެއާއެކު، ރަމަޟާންމަހު ހާއްސަ ސަމާލުކަމެއް ދީގެން ނަމާދު ވަގުތުތަކުގައި މިސްކިތްތައް ކައިރިއާއި ހަވީރުގެ ވަގުތުތަކާއި މަގުތަކުގެ ބާރުބޮޑުވާ ގަޑިތަކުގައި ކަފިހިހުރަސްތައް ކައިރި ބަލަހައްޓަމުންދާނެއެވެ. އަދި ދުވާރުމައްޗަށް ވެހިކަލް އަރުވައި ޕާކުކުރުން މަނާކުރުމާއި އެގޮތަށް ޕާކުކުރާ އުޅަނދުތައް ނެގުމާއި، މަގުތަކުގެ ކަންމަތި، ސްކޫލުތައް ހިމެނޭ ސަރަހައްދު، ހޮސްޕިޓަލް، ކްލިނިކުތައް، ބެންކުތަކާއި އޮފީސްތައް ކުރިމަތި، މައިޒާންތައް، ހާއްސަ ޕާކިން ޒޯނުތައް، ހުރިހާ ފެރީޓާމިނަލްތައް އަދި އުޅަނދު ޕާކުކުރުންމަނާ ސަރަހައްދުތައް

ބަލަހައްޓަމުންދާނެއެވެ. އަދި އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރުން މަނާކުރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނެއެވެ.

View post on Facebook

undefined

އޭގެއިތުރުން، ރަމަޟާންމަހު ބާޒާރުމަތީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން ހާއްސަ ސަމާލުކަމެއް ދީގެން އެ ސަރަހައްދު ބަލަހައްޓަމުން ގެންދާނެއެވެ. އެގޮތުން ބޯޓު ފަހަރުތަކަށް މުދާ އަރުވައި ބޭލުމަށް މަޑުކޮށްގެން އޮންނަ އުޅަނދުތަކަށް އަވަސްކުރުމަށް އެންގުމާއި ބާލާފައި ހުންނަ މުދާތައް އަވަހަށް އެތަނުން ހުސްކުރަން އަންގުމާއި ބާޒާރުމަތީ ފިހާރަތަކަށް މުދާ އަރުވާ ބޭލުމަށް އަންނަ އުޅަނދުތައް އުތުރުފަޅީގައި މަޑުކުރަން އެންގުމުގެ އިތުރުން ޕޭވްމަންޓް އަދި ޕާކިން ޒޯނުތަކުގައި މީހުންނަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ މުދާތައް ނެގުމަށް އަންގަމުންދާނެއެވެ. އަދި މާލެތެރޭގައި ހުރި އެކި މާރުކޭޓްތައް ކައިރީގައިވެސް ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވަމުން ދާނެއެވެ.

undefined

ހަވީރުގެ ވަގުތުތަކަކީ ގިނަ އަދަދެއްގެ މީހުން މާލޭގެ މަގުތަކަށް ނުކުމެ އުޅޭ ވަގުތުތަކަކަށްވުމުން މާލޭގެ މަގުތަކާއި ބުރިޖު ހައިވޭގެ ޓްރެފިކަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަމުންދާނެއެވެ. އެގޮތުން، ބުރިޖާއި ހައިވޭގައި 24 ގަޑިއިރު ޓްރެފިކު ބެލެހެއްޓުމާއި ބުރިޖުގެ ހަތަރު ލޭން ބައްދަލުވާހިސާބުން ދުއްވާ އުޅަނދުތަކުގެ ސްޕީޑު މަޑުކުރުމަށްޓަކައި ބެރިކޭޑު ޖެހުމާއި ދުވެލި މަޑުކުރުމަށާއި ގަވާއިދާ ހިލާފުވާ ފަރާތްތައް މަދުކުރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނެއެވެ. އަދި ބަސް ސްޓޮޕްތައް ކައިރިވެސް ހާއްސަ ސަމާލުކަމެއް ދީގެން ފުލުހުން ބަލަހައްޓަމުންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside