logoEN
ކޮކާކޯލާ
ހުވަދު އަތޮޅަށް އުފާވެރި ޚަބަރެއް! އަނެއްކާވެސް އެވިއަރ ފެން ހެޔޮ އަގުގައި ވިއްކަން ފަށައިފި

ހުވަދު އަތޮޅަށް އުފާވެރި ޚަބަރެއް! އަނެއްކާވެސް އެވިއަރ ފެން ހެޔޮ އަގުގައި ވިއްކަން ފަށައިފި

334900303_223575280221133_5836983627742311663_n

މެދުކެނޑުމަކަށްފަހު އަނެއްކާވެސް ހުވަދު އަތޮޅުގައި އެވިއަރ ބޯފެން ވިއްކަން ފަށައިފިއެވެ.

އަބުޅޯ

އެވިއަރ ބްރޭންޑްގެ ބޯފެން އުފައްދާ ކުންފުނި ކަމަށްވާ އަކުއަލައިން ކުންފުނިން ބުނި ގޮތުގައި މެދުކެނޑުމަކަށްފަހު މިއަދުން ފެށިގެން އެކުންފުނިން އުފައްދާ ބޯފެން ލިބެން ހުންނާނެ ކަމަށެވެ.

އެވިއަރ ބްރޭންޑްގެ ބޯފެނަކީ ހުވަދު އަތޮޅުގައި ގާއިމްވެ އުފައްދާ ބޯފެނުގެ ދެވަނަ ބްރޭންޑް ނަމަވެސް، މި ބްރޭންޑަކީ ތަފާތު ބްރޭންޑެކެވެ. އެއީ ފެނުގެ މީރު ރަހައާއި ފެން ބަންދުކުރުމަށް ބޭނުން ކުރާ ރީތި ބައްޓަމުގެ ނަލަ ފުޅި އެވެ. އެ ފެން އުފައްދައި ބަންދުކުރަނީ ގދ. ތިނަދޫގައެވެ.

އަކުއަލައިން ކުންފުނިން ގދ. ތިނަދޫގައި ހިންގާ ބޮޓްލިން ޕްލާންޓުން އުފައްދާ މި ފެން ޚާއްސަ ވާ ސަބަބަކީ، މިއީ ޒަމާނުއްސުރެ ހުވަދު އަތޮޅަށް ކުރިމަތިވެފައިވާ ފުޅީގައި ބަންދުކުރި ފެން ލިބުމުގެ ދަތިކަމަށް ހައްލު ހޯދައިދިން ވަސީލަތަކީވެސް އެވިއަރ ކަމަށް ވުމެވެ. ހަފްތާ ދެހަފްތާ ވަންދެން ފެން ނުލިބި ތިބެންޖެހޭ ތިބުމަށް ނިމުމެއް ގެނެސްދިނީ އެވިއަރ އިންނެވެ. ހެޔޮ އަގުގައި އަތޮޅުގެ ކޮންމެ ރަށަކަށްވެސް އެކުންފުނިން ފެން ފޯރުކޮށްދެ އެވެ.

އަކުއަލައިން ކުންފުނިން އުފައްދާ މި ބްރޭންޑުގެ ފެން ލިބޭނީ ދެ ސައިޒަކަށެވެ. އެއީ، 500 އެމްއެލްގެ ކުޑަ ފުޅިއާއި 1.5 ލީޓަރުގެ ބޮޑު ފުޅިއެވެ. މިއިން ކޮންމެ ސައިޒަކުންވެސް ކޭހެއްގެ އަގު އުޅެނީ 58 ރުފިޔާ އަށެވެ. މިއީ މިވަގުތު މާކެޓުގައި ފެން ލިބޭ އެންމެ ހެޔޮ އަގުކަން ފާހަގަކޮށްލެވެއެވެ.

ތިނަދޫއަށް އައިސްފައިވާ މެހެމާނުންނަށްވެސް އެވިއަރ ފެން ކަމުގޮސްފައިވާ ކަމުގެ ފަހަތުގައިވަނީ ރައްޔިތުންގެ އިތުބާރެވެ. އެވިއަރ އިން ވަނީ އެ އިތުބާރު ދަމަހައްޓައި، ހުވަދު އަތޮޅުގެ ނަމްބަރ-1 ފެން ބްރޭންޑުގެ މަގާމް ހޯދާފައެވެ.

ދެކުނުގެ ރައްޔިތުންނަށް ހެޔޮ އަގުގައި ފެން ފޯރުކޮށްދިނުމަށް ނުހަނު ގިނަ ފަސޭހަ ގޮތްތަކެއްވެސް އެކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. އެގޮތުން އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރުމުގެ ފުރުސަތުހުޅުވާލާފައިވާއިރު އެކުންފުނިން ވަނީ އޯޑަރުކުރެވޭނެ އައިއޯއެސް އަދި އެންޑްރޮއިޑް އެޕްލިކޭޝަނެއްވެސް ތައާރަފްކޮށްފައެވެ. އަދި އޭގެ އިތުރުން އެކުންފުނީގެ ހޮޓްލައިން 4002999 އަށް ގުޅުއްވައި ފެންކޭސްތަކަށް އޯޑަރުކުރެވޭނެއެވެ.

އެވިއަރ ބްރޭންޑުގެ ބެލެނިވެރި ކުންފުނި ކަމުގައިވާ އަކުއަލައިންގެ މެނޭޖިންގ ޑިރެކްޓަރ ޝަނީޒް އިބްރާހިމް ވިދާޅުވީ، އެ ޕްލާންޓުގެ ޚިދުމަތް ދެކުނުގެ ތިން އަތޮޅަށް ފޯރުކޮށްދިނުމަކީ އެކުންފުނީގެ އަމާޒެއްކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ