logoEN
cocacola
ފަހަތުން އަރައި ލެސްޓާއިން ލިވަޕޫލް ލަނދުގަންނުވާލައިފި

ފަހަތުން އަރައި ލެސްޓާއިން ލިވަޕޫލް ލަނދުގަންނުވާލައިފި

ގާފު އެޑިޓޯރިއަލް

logo

2/14/2021, 12:50:07 AM

0_GettyImages-1301934700

ޕްރެމެޔާ ލީގުގައި ލެސްޓާ ސިޓީ އިން ލިވަޕޫލް ބަލިކޮށް ތާވަލުގެ ދެވަނަ މަގާމަށް ޖެހިލައިފިއެވެ .

ގޮސިޔާ

ވާދަވެރި މިމެޗު ނިމިގެން ދިޔައީ 3-1 ގެ ތަފާތަކުން ލެސްޓާ ކުރީގައި އޮވެގެންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ދެވަނަ ހާފު ފަށައިގެން ލިވަޕޫލުން ވަނީ ލީޑު ނަގައިފައެވެ. މި ގޯލު އެޓީމަށް ކާމިުޔާބުކޮށްދިނީ އެޓީމުގެ ތަރި މުހައްމަދު ސަލާހް އެވެ. ރޮބާޓޯ ފިރްމީނޯގެ އެހީތެރިކަމާ އެކު ސަލާހް ޖެހި މި ގޯލަކީ ލީގުގައި އޭނާ ކާމިޔާބުކުރި 17 ވަނަ ގޯލެވެ. ލެސްޓާގެ ޖޭމްސް މެޑިސަން ހިލޭ ޖެހުމަކުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމާއި އެއްކޮށް ލިވަޕޫލް ވަނީ ޕްރެޝަރަށް ވެއްޓިފައެވެ.

އޭގެ އިރުކޮޅެއް ފަހުން ލެސްޓާ އަށް ލީޑު ނަގައިދިން ގޯލު ވާޑީ ޖެހީ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ އަށް ހެދުނު ބޮޑު ގޯހަކުންނެވެ. މަތިން ވެއްޓުނު ބޯޅަ ހޯދުމަށް އަރައި ސާފުކޮށްލަން އެލިސަން ފޮނުވާލި ބޯޅަ ލިބުނީ ސީދާ ވާޑީ އަށެވެ. އެ ބޯޅަ ވާޑީ ގޯލަށް ފޮނުވާލިއިރު ލިވަޕޫލްގެ އެއްވެސް ކުޅުންތެރިއަކު އޭރިޔާ ތެރޭގައި ނެތެވެ. ލެސްޓާ އަށް ލީޑު ފުޅާކޮށްދިން ލަނޑު ޖަހައިނީ ހާވީ ބާންސް އެވެ.

މިމެޗާއި އެކު ލިވަޕޫލް މިހާރު އޮތީ 24 މެޗުން ލިބުނު 40 ޕޮއިންޓާ އެކު ލީގުގެ ހަތަރު ވަނައިގަ އެވެ. ލެސްޓާ ވަނީ 46 ޕޮއިންޓާ އެކު ތާވަލުގެ ދެ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ . އަދި ރޭ ކުޅުނު މެޗުން މޮޅުވި ސިޓީ އޮތީ ކުޅުނު 23 މެޗުން 53 ޕޮއިންޓާއި އެކު ތާވަލުގެ އެއްވަނަގައި އެވެ . އަދި މެޗުން ބަލިވި ޓޮޓެންހަމް އޮތީ 23 މެޗުން 36 ޕޮއިންޓާއި އެކު ތާވަލުގެ އަށްވަނައިގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ