logoEN
ޕީއެންސީ 2
ގާސިމްގެ ސްޕެޝަލް އެންވޯއީއަކަށް އިލްހާމް އައްޔަނުކުރައްވައިފި

ގާސިމްގެ ސްޕެޝަލް އެންވޯއީއަކަށް އިލްހާމް އައްޔަނުކުރައްވައިފި

އަހުމަދު ޝުރާއު

logo

3/20/2023, 6:50:53 PM

Screenshot 2023-03-20 at 9.40.31 PM

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީއަކަށް އިލްހާމް އަހުމަދު ހަމަޖައްސަވައިފި އެވެ.

ޝަރީ 2024

އިލްހާމް ސްޕެޝަލް އެންވޯއީއަކަށް ހަމަޖެއްސެވީ މިއަދު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގަ އެވެ. މި މަގާމާއި އެކު އިލްހާމް ކުރިން އޭނާ ހުންނެވި ގާސިމްގެ އެޑްވައިޒަރުގެ މަގާމުން އޭނާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

އިލްހާމް އަކީ ގާސިމް އާއި ވަރަށް އަރިސް ބޭފުޅެކެވެ. ކުރީގެ މަޖިލިސް މެމްބަރުކަންވެސް ކުރެއްވި އިލްހާމް ވަނީ މީގެ ކުރިން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އާއި އެކުވެސް ގިނަ ސިޔާސީ މަސައްކަތްތަކެއް ކުރައްވާފައެވެ. ނަމަވެސް ޔާމީނުގެ ސަރުކާރުގައި އިލްހާމްއަށް ވަނީ ބޮޑެތި އަނިޔާތަކެއް ދީފައެވެ.

މިއާއި އެކު ގާސިމް އިބްރާހިމް އާއި އެކު 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އޭރުގެ ކޯލިޝަން ކެނޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ގެނައުމަށް އިލްހާމް ވަނީ ވަރަށް ގިނަ މަސައްކަތަކެއް ކުރައްވާފައެވެ.

އިލްހާމް އަކީ މިވަގުތު ގާސިމްގެ ހަމައެކަނި ސްޕެޝަލް އެންވޯއީ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ