logoEN
cocacola
ފުލުހުންގެ 35 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި

ފުލުހުންގެ 35 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި

އަހުމަދު ޝުރާއު

logo

3/20/2023, 6:00:19 PM

viber_image_2023_03_20_16_18_02_295_3458469422

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 35 ވަނަ ބުރު ފަށައިފިއެވެ.

ގޮސިޔާ

ކޯސް ފެށުމަށް މި މަހު 19 ވަނަ ދުވަހު އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕީޕަލްސް ޑައިރެކްޓްރޭޓްގެ އެކްޓިންގ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރުއެވެ. އެ ރަސްމިއްޔާތުގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އެގްޒެކެޓިވް ޑިރެކްޓަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ފެކަލްޓީތަކުގެ ވެރިންނާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކުގެ އިސްވެރިންނާ އަދި ޓްރެއިނިންގ ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެލެއްވިއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށްގެންދާ އަސާސީ ތަމްރީނު ކޯހަކީ 4 މަސް ދުވަހަށް ކެމްޕަސް މޮޑިއުލްތައް އަދި ޕްރޮބޭޝަން 2 މަސް ދުވަހާއެކު ޖުމްލަ 6 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހެކެވެ.

މި ކޯހުގައި 47 އަންހެން ފުލުހުންނާއި 173 ފިރިހެން ފުލުހުންނާއެކު ޖުމްލަ 220 ފުލުހުން ބައިވެރިވެއެވެ.

ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގައި ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް، ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ގިނަ މޮޑިއުލްތަކެއް ކިޔަވައިދޭނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ