logoEN
cocacola
ގާސިމްގެ އެޑްވައިޒަރަކަށް އަބުޅޯ!

ގާސިމްގެ އެޑްވައިޒަރަކަށް އަބުޅޯ!

އަހުމަދު ޝުރާއު

logo

3/20/2023, 5:46:09 PM

b_Kz3Dw35HnyfkhlhpBd4atV7Kk

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމަށް ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި ޖޭޕީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އަދި ލީޑަރު ގާސިމްގެ އަރިސް ބޭފުޅެއް ކަމަށްވާ އަބްދުﷲ އަހުމަދު ( އަބުޅޯ ) ހަމަޖައްސަވައިފި އެވެ.

ގޮސިޔާ

ގާސިމްގެ އެޑްވައިޒަރުގެ މަގާމަށް އަބުޅޯ ހަމަޖެއްސެވީ މިއަދުގެ ވަގުތެއްގައެވެ. މިކަން ޖޭޕީގެ އޮފިޝަލަކު ވަނީ މި ނޫހަށް ކަށަވަރުކޮށްދެއްވާފައެވެ.

އަބުޅޯ އަކީ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރެކެވެ. އެގޮތުން އަބުޅޯ މަޖިލީހަށް ހޮވިވަޑައިގެންނެވީވެސް ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ.

އަބުޅޯ ވަނީ ޖުމްހޫރީ ޕާޓީގެ އިސް ގިނަ މަގާމްތަކެއް ފުރުއްވާފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުން އައްޔަން ކުރުމުގެ ބާރު އޮންނަނީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމްގެ އަތްޕުޅުގައެވެ. އެގޮތުން ޕާޓީގެ ގަވާއިދު ބުނާގޮތުން ނަމަ އެޑްވައިޒަރުންގެ ގޮތުގައި އައްޔަނު ކުރެއްވޭނީ ޖުމުލަ 5 ބޭފުޅެކެވެ. މިއާއި އެކު އަބުޅޯގެ އިތުރުން ޕާޓީގެ އެޑްވައިޒަރުންގެ ގޮތުގައި ދެން ތިއްބަވާނީ ކުރީގެ ސީޕީ ނަވާޒު އާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އާއި ކުރީގެ މެމްބަރުން ކަމަށްވާ ރިޔާޒް ރަޝީދު، ހުސެއިން ނިހާން އެވެ.

މިހާރު ރާއްޖޭގެ ސިޔާސީ މައިދާން އެނބުރުމުގެ ސަބަބަކަށްވި ޖުމްހޫރީ ޕާޓީގެ ޚާއްސަ ރިޔާސީ ގަރާރު އެޕާޓީގެ ކޮންގްރެސްއަށްވެސް ހުށަހެޅުއްވީ އަބުޅޯ އެވެ. އެ ގަރާރު ކޮންފަރެންސުން ފާސްކޮށް ކައުންސިލަށް ގޮތެއް ނިންމުމަށް ފޮނުވުމާއި އެކު ކައުންސިލް މެމްބަރުންގެ އިއްތިފާގުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެޕާޓީއިން ވާދަކުރުމަށް ނިންމުމާއި އެކު ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހަލަބޮލި ވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ