ހިއުމަން ޓްރެފިކިން މައްސަލައަކާ ގުޅިގެން މާލެއިން އިންޑިއާ މީހަކު ހައްޔަރުކޮށްފި

ހިއުމަން ޓްރެފިކިން މައްސަލައަކާ ގުޅިގެން މާލެއިން އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ވެންކަޓަރަމާނާ ޕައްލާ ނަމަކަށް ކިޔާ އުމުރުން 20 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.

ހެންވޭރުގެ ގެސްޓްހައުސްއެއްގައި ދިރިއުޅެމުން އައި އެ މީހާ އިއްޔެ ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.

އޭނާ ބަންދުކުރަން ނިންމައި ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން އޭނާއަކީ އޭނާގެ ސްޕޮންސަރަށް ފިލައިގެން އުޅޭ ކަމަށް ރިޕޯޓްކޮށްފައިވާ މީހެއް ކަމަށް ބެލެވޭ ކަމަށެވެ.

އަދި އެ އަމުރުގައި ބުނެފައިވާ ގޮތުގައި، އެއީ ގިނަ ބަޔަކު ޝާމިލުވެގެން އިންތިޒާމްވެގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ކުށުގެ އަމަލުތައް ހިމެނޭ ގޮތަށް ހިންގަމުންދާ ކުށެއް ކަމަށް ބެލެވޭ ކަމަށާއި އެކަމުގެ ސަބަބުން ގިނަ ބަޔަކު ވިކްޓިމައިޒްވެފައިވާ ކަމަށް ވެސް ބެލެވޭ ކަމަށެވެ.

ނަމަވެސް އެމައްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން މިހާތަނަށް ހާމަކޮށްފައިނުވެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް