
އިކުއެޑޯއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 16 އަށް
230318195913-02-ecuador-earthquake-031823
އިކުއެޑޯއާއި ޕެރޫގެ އުތުރަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން މިހާތަނަށް 16 މީހުން މަރުވެފައިވާ ކަމަށާއި 381 މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

6.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން ބައެއް އިމާރާތްތަކާއި، ސްކޫލްތަކާއި ބައެއް މެޑިކަލް ސެންޓަރުތަކަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ.
އިކުއެޑޯގެ ރައީސް ގުއިލެރްމޯ ލާސޯ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް އިމަޖެންސީ ޓީމުތައް ފޮނުވަމުންދާ ކަމަށެވެ.
6.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުން އައިސްފައިވަނީ ގުއާޔާސް ޕްރޮވިންސްގެ ބަލައޯ ސިޓީއާ ގާތްގަނޑަކަށް 10 ކިލޯމީޓަރު (6.2 މޭލު) ދުރުން 66.4 ކިލޯމީޓަރު (41.3 މޭލު) އަޑިންނެވެ.