ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ ކުޑަ ކުއްޖާ ފެނިއްޖެ

ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ ކުޑަ ކުއްޖާ ފެނިއްޖެއެވެ.

ވިލިމާލެއިން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހުކުރު ދަންވަރު 1:33 ހާއިރެވެ. އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި އައިޝަތު ޒޯޔާ ނަމަކަށް ކިޔާ އެކުއްޖާ ގެއްލިފައިވަނީ މިދިޔަ ހުކުރު ދުވަހު ހަވީރުން ފެށިގެންނެވެ.

ފުލުހުން ވިދާޅުވީ، ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ ކުޑަ ކުއްޖާ ހުޅުމާލެއިން ފެނިފައިވާކަމަށެއެވެ. އަދި އެކުއްޖާގެ ހާލު ރަނގަޅުކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް