logoEN
ޕީއެންސީ 2
ރޮނާލްޑޯގެ އެހީތެރިކަމާއެކު އަލް ނަސްރަށް މުހިންމު މޮޅެއް!

ރޮނާލްޑޯގެ އެހީތެރިކަމާއެކު އަލް ނަސްރަށް މުހިންމު މޮޅެއް!

ހަސަން ޝަމްއޫން

logo

3/19/2023, 1:51:28 AM

FB_IMG_1679172644840

ސައޫދީ ޕްރޮފެޝަނަލް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އަބާ އާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުން މޮޅުވެ، އަލް ނަސްރު އިން އެއްވަނައިގައި އޮތް އަލް އިއްތިހާދު އާއި އެއް ޕޮއިންޓަށް ކައިރިއަށް ޖެހިލައިފިއެވެ.

ޝަރީ 2024

އަލް ނަސްރުގެ ދަނޑުގައި މިރޭ ކުޅެވުނު މެޗު ފުރަތަަމަ ހާފުގެ ވަރަށް ކުރީކޮޅު އަބާއިން ލަނޑެއް ކާމިޔާބުކުރިއެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

undefined

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ އަލް ނަސްރު އިންނެވެ. ނަމަވެސް މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަބާ އިންނެވެ. އަލް ނަސްރުގެ ފަހަތުން އެޓީމުގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުލް ފައްތާހު އާދަމް އެވެ.

ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުން ފެނިގެންދިޔަ މިމެޗުގެ ފަހުހާފުގައި އަލް ނަސްރަށް މެޗުގެ ނަތީޖާ އެއްވަރުކޮއްދިނީ 78 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އަބާގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ރޮނާލްޑޯ ކާމިޔާބުކުރި މި ލަނޑަކީ ލީގުގައި އޭނާ ކާމިޔާބުކުރި 9 ވަނަ ލަނޑެވެ.

އަލް ނަސްރުން ނަތީޖާ އެއްވަރުކުރިތާ ދެމިނެޓު ފަހުން ރެފްރީ ވަނީ އަބާގެ ކުޅުންތެރިއަކަށް ދެވަަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މިއާއެކު މެޗުގެ ބާކީބައި އަބާ އިން ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މިރޭގެ މެޗުން އަލް ނަސްރަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު ޓަލިސްކާއެވެ. މިއީ އަބާގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ އަލް ނަސްރަށް ދިން ޕެނަލްޓީއެކެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު 21 މެޗުން އަލް ނަސްރަށް ލިބިފައިވަނީ 49 ޕޮއިންޓެވެ. އެއްވަނައިގައި އޮތް އަލް އިއްތިހާދުއަށް 21 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، މިރޭގެ މެޗުން ބަލިވި އަބާ އަށް 21 މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ. އަދި ލީގު ތާވަލުގައި މިވަގުތު އެޓީމު އޮތީ 12 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ