logoEN
ޕީއެންސީ 2
ކިތަންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލިޔަސް، ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ކުރަންޖެހޭ ކަމެއް - ރައީސް

ކިތަންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލިޔަސް، ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ކުރަންޖެހޭ ކަމެއް - ރައީސް

އައިޝަތު އިފާޝާ

logo

3/18/2023, 11:50:11 AM

285102_2e74ea59-c_

ދިވެހި ރައްޔިތުންގެ ދިފާއުގައި ކިތަންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލިޔަސް، ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޝަރީ 2024

ރައީސް ސޯލިހު މިހެން ވިދާޅުވީ، ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމަށް މިސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފައެވެ.

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސަކީ، ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން، ރާއްޖޭގެ ތާރީޚުގައިވެސް އަދި ފުލުހުންގެ ޚިދުމަތުގެ ތާރީޚުގައިވެސް މިހާތަނަށް ބާއްވާ ފުރަތަމަ ކޮންފަރެންސް ކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރާއި ފުލުހުންގެ މުވައްސަސާގެ އަމާޒު ހުއްޓި ސީދާވެފައި މިހުރީ އެއް މިސްރާބަކަށް ކަމަށެވެ.

ރައީސް ވިދާޅުވީ، އެއީ ދިވެހި ފުލުހުންގެ ޚިދުމަތް ޒަމާނީކޮށް ފެންވަރު ރަނގަޅުކުރުން ކަމަށާއި، އެކަން ހާސިލުކުރުމަށް މި ކޮންފަރެންސްގައި ފުލުހުންގެ ޚިދުމަތާ ބެހޭގޮތުން، ދިރާސީ ކަރުދާސްތައް ހުށަހަޅައި، ޢިލްމީ ގޮތެއްގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެވޭނެ ކަމަށެވެ.

"އެހެންކަމުން، މިއީ ވަރަށް މުހިންމު އަދި ވަރަށް ބިނާކުރަނިވި މަސައްކަތަކަށް ވާނެކަމަށް އަޅުގަނޑު އުންމީދު ކުރަން. ތަޖުރިބާކާރުންގެ އިރުޝާދާއި، ޢިލްމީ ޙަޤީޤަތްތަކުގެ އަލީގައި ކަންކަމާ މަޝްވަރާކުރުމުން، ނެރެވޭ ނަތީޖާ މާބޮޑަށް ވެސް ރަނގަޅުވާނެ. އެހެންކަމުން، މިފަދަ ޢިލްމީ ކޮންފަރެންސެއް އިންތިޒާމުކުރެއްވި ކަމަށްޓަކައި، ޕޮލިސް ބޯޑަށާއި، ހޯމް މިނިސްޓްރީއަށާއި އަދި ފުލުހުންގެ ޚިދުމަތަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި އެންމެހައި ބައިވެރިންނަށް ވަރަށް ކާމިޔާބު ކޮންފަރެންސަކަށްވެސް އަޅުގަނޑު އެދެން. - ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތުގެ 90 ވަނަ އަހަރފީ ދުވަސް މިމަހުގެ 29 ވަނަ ދުވަހު ފާހަގަކުރާއިރު، މިދިޔަ 90 އަހަރުގެ ތެރޭގައި، ދިވެހި ފުލުހުންގެ ހިދުމަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ ކަމަށެވެ. އެގޮތުން ފުލުހުންގެ ޢަދަދާއި، ޚިދުމަތުގެ ވައްޓަފާޅިއާއި، ބޭނުންކުރާ ވަސީލަތްތަކަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެކަމަށެވެ. އަދި މިހާރުވެސް ދަނީ ގިނަ ބަދަލުތައް އަންނަމުން ކަމަށާއި، އަދިވެސް އިތުރު ބަދަލުތައް ބޭނުންވާ ކަމަށެވެ.

ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން މިހާރު މި ގެންގުޅޭ ސިޔާސަތަކީ، މުޖުތަމަޢާ ގުޅިގެން ޚިދުމަތް ދިނުން، ނުވަތަ ކޮމިޔުނިޓީ ޕޮލިސިންގ ދެމެހެއްޓުން. ފުލުހުންނާ މެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ ފުލުހުންނަކީ، ރައްޔިތުންނަށް ޚިދުމަތް ކުރުމަށް، ރައްޔިތުންގެ ތެރެއިން އުފެދިފައިވާ މުޖްތަމަޢުގެ އެއްބައިކަން އަޅުގަނޑުމެން އެންމެން ގަބޫލުކޮށްގެން. - ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ސިޔާސަތު ތަންފީޒުކުރުމުގައި މިހާތަނަށް ކުރެވުނު ކަންތަކާއި، ދެން ކުރަންވީ ކަންތަކާއި އަމާޒު ހިފަންވީ މިސްރާބަށް މި ކޮންފަރެންސުން މަގުދައްކާނެ ކަމަށް އެމަނިކުފާނު އުންމީދުކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ފުލުހުންގެ ހިދުމަތުގެ އައު ގާނޫނަށް އަމަލުކުރަން ފަށާފައިވާއިރު، އެ ޤާނޫނުގައި، ފުލުހުންގެ ޚިދުމަތް އިންތިޒާމުކޮށްދީފައި އޮތީ، މުޖުތަމަޢުގެ އެންމެހައި ޙިއްޞާދާރުންނާ ގުޅިގެން ތަންފީޛުކުރެވޭ ޚިދުމަތެއްގެ ގޮތުގައި ކަމަށެވެ. އަދި އެ ގުޅުން އުފެއްދެނީ، ޢާންމު ރައްޔިތުންނާއި، ކަމާބެހޭ މުއައްސަސާތަކާއި، ދަރިވަރުންނާއި، ޒުވާނުންނާއި، ފަންނުވެރިންނާއި، ސަލާމަތީ ދާއިރާގެ ތަޖުރިބާކާރުންނާ އެކު ވަރުގަދަ ވިއުގައެއް އުފެއްދިގެން ކަމަށެވެ.

ކޮންމެ މުޖްތަމަޢެއްގައި ވެސް ފުލުހުންގެ ޚިދުމަތް، އާރުލާ ހަރުދަނާ ޚިދުމަތަކަށް ވަނީ، މިދެންނެވި ފަދަ ވަރުގަދަ ގުޅުމެއްގެ ތެރެއިން ޚިދުމަތް ދެވޭނެ ގޮތް ހަމަޖެހިގެން. ކުރުކޮށް ދަންނަވާނަމަ، މުޅި މުޖްތަމަޢު ޝާމިލުވާ ގޮތަށް، ވަށައިޖެހޭ ނިޒާމެއްގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ބައްޓަންކޮށްގެން. - ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފުލުހުންގެ ހިދުމަތަކީ ގޮންޖެހުން ބޮޑު ޚިދުމަތެއް ކަމަށާއި، އެ ގޮންޖެހުންތައް ކަޑައްތުކޮށް، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، ވަގުތާއި ޙާލަތާ އެކަށޭނަ ގޮތަށް ޢަމަލުކުރާނީ ކިހިނެއްކަން ދެނެގަތުން، އެއީވެސް މިފަދަ ކޮންފަރެންސެއްގެ ވަރަށް މުހިންމު ބޭނުމެއް ކަމަށެވެ. އަދި މި ކޮންފަރެންސްގައި ހުށަހަޅާ ޢިލްމީ ދިރާސާތަކުން، އެކަންކަމަށް ޖަވާބެއް ލިބޭނެ ކަމަށް އުންމީދުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ