ގދ ތިނަދޫއިން ކޮވިޑް-19 އަށް ފައްސިވެފައިވާ ކޭސްތަކެއް ފެނިފައިވުމާއި ގުޅިގެން ރަށުތެރޭގައި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިފި އެވެ.
ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނި ގޮތުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ރަށުގެ އެކު ހިސާބު ތަކުގައި ކުރިޔަށް ދާނެއެވެ. ތިނަދޫ ގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާފައިވަނީ މިއަދުގެ ހަވީރުން ފަށައިގެންނެވެ.
ތިނަދޫ ރެގި ރެންޑަމް ސާމްޕަލްއެއް ވަނީ މީގެ ކުރިން ފައްސި ވެފައި އެވެ. އަދި އައްޑޫ އޭވިއޭޝަން ކްލަސްޓާރއާއި ގުޅުން ހުރި ކޭސްއެއް ވެސް ވަނީ ރަށުތެރެއިން ފެނިފައި އެވެ. މިއާއި އެކު ރަށް ވަނީ މޮނީޓަރިންގ ހާލަތަށް ގެނެސްފައި އެވެ. އަދި ތިނަދޫ ކައުންސިލުން ވަނީ ތިނަދޫގައި ބަލިން ރައްކާތެރިވުމުގެ ގޮތުން ރަށު ތެރޭގައި ފިޔަވަޅުތަށް ވަރުގަދަ ކޮށްފައިއެވެ.
ތިނަދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 4 ކެވެ.