އަޝްފާގު އަދި އަކުރަމް ގެ ދިފާއުގައި ސަޕޯޓަރުންނާއި އެފްއޭއެމް

ގައުމީ ފުޓްބޯޅަ ޓީމުގެ އެންމެ ފަހުގެ ދެ ކެޕްޓަނުން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) އާއި އަކުރަމް އަބްދުލްގަނީ (އަކޫ) އަކީ ސީރިއާ އަށް ހަނގުރާމަ އަށް ދާން ތައްޔާރަށް ތިބި ބައެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހަކު ދެއްކި ވާހަކަތަކާ ގުޅިގެން، އެ ދެ ކުޅުންތެރިންގެ ދިފާއުގައި ސަޕޯޓަރުންނާއި އެފްއޭއެމް ތެދުވެއްޖެ އެވެ.

ދާދި ފަހުން އަޝްފާގު (ދަގަނޑޭ) އާއި އަކްރަމް އަބްދުލް ޢަނީ އަކީ ހަރުކަށީ ފިކުރުގެ ބައެއް ކަމަށް ސިފަކޮށް ސީރިއާ އަށް ޖިހާދަށް ދާން ތައްޔާރަށް ތިބި ބައެއް ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓް ސޫޒަން އިބްރާހިމްފުޅު ސޯޝަލް މީޑިއާގައި ބުނުމާއި ގުޅިގެން ގިނަ އަދަދެއްގެ ދިވެހިންގެ ބަޔަކު ވަނީ މި ދެ ކުޅުންތެރިންގެ ދިފާއުގައި ވާހަކަދައްކާ އެ މައްސަލަ ބަލައިދިނުމަށް އެދިފައެވެ.

މި މައްސަލައާއި ގުޅިގެން އެފްއޭއެމް އިން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ. އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ފުޓުބޯޅަ ކުޅުންތެރިންނަކީ އެފްއޭއެމާއި ފުޓުބޯޅައިގެ އެންމެ އިސް އިދާރާ ކަމަށްވާ ފީފާގެ ގަވާއިދުތަކަށް ފުރިހަމައަށް ތަބާވެ އަމަލުކުރަމުންދާ ކުޅުންތެރިން ކަމަށާއި ފުޓުބޯޅަ ކުޅުންތެރިންނަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ބޯލަނބައި މާތްވެގެންވާ އިސްލާމްދީނުގެ ހަމަތައް ހިފެހެއްޓުމުގައި ވެސް ނަމޫނާ ކުޅުންތެރިން ކަމަށެވެ.

މިނިސްޓަރ މަހުލޫފްވެސް ވަނީ މި މައްސަލަ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ. ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އަކްރަމް އާއި ދަގަނޑޭ އަކީ ގައުމީ ބަތޮލުން ކަމަށާއި ތުނބުޅި ދިގުކޮށްގެންނާއި ބުރުގާ އަޅާ އެންމެންނަކީ ހައްދުފަހަނައަޅާފައިވާ ބައެއް ކަމަށް ދެކޭ ވިސްނުން ބަދަލުކުރަން ޖެހޭ ކަމަށެވެ

.މި މައްސަލަ ފުރިހަމަ ތަހުގީގެއް ކޮށްދެއްވުމަށްގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް