ސައުދީގެ އައު ގައުމީ އެއާލައިނެއް ކަމަށްވާ ރިޔާޒް އެއާ އުފައްދާފައިވާކަން ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ރަސްމީކޮށް އިއުލާން ކުރައްވައިފި އެވެ.
ރިޔާދު އެއާއިން 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ 100 އަށް ވުރެ ގިނަ މަންޒިލަށް ހިދުމަތް ދޭނެ ކަމަށާއި، އޭޝިއާ، އެފްރިކާ އަދި ޔޫރަޕާ ދެމެދު ސައުދީގެ ލޮކޭޝަންގެ ބޭނުން ހިފާނެ ކަމަށް އެ ގައުމުގެ ރަސްމީ ނޫސް އެޖެންސީ އެސްޕީއޭ އިން ބުންޏެވެ.
މި އެއާލައިން އިފްތިތާހްކޮށްފައިމިވަނީ ސަޢޫދީ ޢަރަބިއްޔާއިން ސަރަޙައްދީ ދަތުރުފަތުރާއި ޓްރެވަލް ހަބްތަކާ ވާދަކުރުމަށް މަސައްކަތް ކުރަމުންދާދަނޑިވަޅެއްގައި އެވެ. ވަލީއަހުދު ވަނީ އެ އެއާލައިންގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް އިންޑަސްޓްރީގެ ތަޖުރިބާކާރު ޓޯނީ ޑަގްލަސް ހަމަޖައްސާފައެވެ. އޭނާއަކީ ކުރިން އިއްތިހާދު އެއާވޭސްގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.
އާ އެއާލައިންގެ ސަބަބުން ސައުދީ އަރަބިއްޔާގެ ތެޔޮ ނޫން ޖީޑީޕީ ކުރިއެރުމަށް 20 ބިލިއަން ޑޮލަރު އިތުރުވެ، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެ ލައްކައަށް ވުރެ ގިނަ ވަޒީފާ އުފެދިގެން ދާނެ ކަމަށް އެ ގައުމުން ބުނެ އެވެ.
ރިޔާޟް އެއަރއަކީ ސަޢޫދީ ޢަރަބިއްޔާގެ ސޮވެރިން ވެލްތް ފަންޑު، ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް)ގެ ފުރިހަމަ މިލްކިއްޔާތެއް އޮންނާނެ އެއާލައިނެކެވެ.