ކަނޑުހުޅުދޫ: ދެމަފިރިއަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ

ގއ. ކަނޑުހުޅުދޫ ހޯމް ކަރަންޓީންގައި ހުރި ދެމަފިރިއަކު ކޮވިޑް 19 އަށް ފައްސިވެއްޖެެއެވެ.

"ގާފު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވެފައިވަނީ 24 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ އަންހެނެކެވެ. އަދި އެއީ ހޯމް ކަރަންޓީންގައި ތިބި 4 މީހުންގެ ތެރެއިން 2 މީހުންނެވެ.

ފެބްރުއަރީ 04 ވަނަ ދުވަހު ހޯމް ކަރަންޓީނަށް އައި ޖުމްލަ 04 ފަރާތެއްގެ ތެރެއިން 02 ފަރާތެއްގެ ބަލީގެ އަލާމާތްތަކެއް ހުރުމާއެކު މި މަހުގެ 08 ވަނަ ދުވަހު ނެގި ސާމްޕަލްގެ ތެރެއިން 01 ސާމްޕަލްގެ ނަތީއްޖާ ވަނީ ފެބްރުއަރީ 10ވަނަ ދުވަހު ފައްސި ވެފައިއެވެ. އެހެންކަމުން އެދުވަހު އެ ފަރާތާއި އެކު ހޯމް ކަރަންޓީނުގައި ތިބި އިތުރު 3 މީހުންގެ ސާމްޕަލް ވަނީ ނަގައިފައެވެ.

ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް މިހާރު ފަށާފައިވާއިރު، ފައްސިވި ދެމަފިރިންގެ ދެކުދިންވެސް މިހާރު ވަނީ އެކަހެރިކުރެވިފައި ކަމަށް "ގާފު" އަށްވަނީ މައުލޫމާތު ލިބިފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް