
FC6E6812-648A-4151-A4D9-41B30891782D
ސަރުކާރުގެ އެކި މަޤާމު ތަކުގައި ތިއްބެވި އެއްވެސް ބޭފުޅަކު އިސްތިއުފާ ދޭން ނުޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާޞިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން، މާމިގިލީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ޤާޞިމް ވިދާޅުވީ، މިއަހަރުގެ ނޮވްމެބަރު 18 ވަނަ ދުވަހާއި ހަމައަށްސިޔާސީ މަޤާމުތަކުގައި އެބޭފުޅުން ތިއްބެވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި، ސަރުކާރުން ވަޢުދުވި މިންވަރާ ގާތަށްވެސް މަޤާމުތައް ލިބިފައިނުވާކަމަށެވެ.
ޖުމްހޫރީ ޕާޓީ އަށް މަގާމުތަކެއް ދެއްވާފައި ވަނީ އެއްވެސް މީހެއްގެ އަމިއްލަ ތަރިކަ މުދަލަކުން ނޫން ކަމަށާއި އެ މަގާމުތައް ދީފައި ހުރީ ހަމަ ދިވެހިންނަށްކަންގާސިމް ވަނީ ފާހަގަކުރައްވާފައެވެ.
ގާސިމް މިމޭރުމުން ވާހަކަފުޅު ދައްކަވާފައިމިވަނީ ސަރުކާރުގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް ދީފައިވާ ސްލޮޓްތައް ހުސްކުރުމަށް ރައީސް އިބްރާހިމް މުހައްމަދުސޯލިހްގެ ފެކްޝަނުން ގޮވާލުމާއި ގުޅިގެންނެވެ.
ގާސިމް ހިމެނި ވަޑައިގަންނަވާ ޖޭޕީއިން ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއި އެކު ކޯލިޝަން ހެދުމުގެ ބަދަލުގައި އިންތިހާބުގައިވާދަކުރުމަށް އިއްޔެ ނިންމަވާފައެވެ.