logoEN
ޕީއެންސީ 2
ޑޮޖް ކޮއިން އަކީ ކޮބާ؟

ޑޮޖް ކޮއިން އަކީ ކޮބާ؟

bd317cc6-elon-musk-dogecoin

ބޭންކް އެކައުންޓެއްގައި ފައިސާ ރައްކާ ކުރުމަކީ ވަރަށް މޮޅު ގޮތެކެވެ. އެހެންނަމަވެސް، ބެންކެއް ނުވަތަ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތް ތަނެއްގައި ފައިސާ ރައްކާކުރުމަކީވެސް އަދި މާ މޮޅު ކަމެކެވެ. މިއީ މިހާރު ކުރެވޭނެ ކަމެކެވެ.

ޝަރީ 2024

ކްރިޕްޓޯ ކަރަންސީ އަކީ ބްލޮކްޗެއިން ޓެކްނޮލޮޖީއަކުން ގުޅާލެވި ބެންކެއް ނުވަތަ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި ފައިސާ ރައްކާކޮށް ފައިސާ މުއާމަލާތް ކުރެވޭ ޕްލެޓްފޯމެކެވެ. ކްރިޕްޓޯ ކަރަންސީއަކީ ފައިސާގެ މުއާމަލާތް ކުރުމަށް މާބޮޑަށްވެސް ރައްކާތެރި ޕްލެޓްފޯމެކެވެ.

ޑޮޖް ކޮއިން އަކީ ބިލީ މާކަސް އާއި ޖެކްސަން ޕާމާ ކިޔާ މީހަކު ގުޅިގެން 2013 ވަނަ އަހަރު އުފެއްދި ކްރިޕްޓޯ ކަރެންސީއެކެވެ. މި ދެމީހުން ޑޮޖް ކޮއިން އުފެއްދުމުގެ މައިގަނޑު މަގްސަދަކީ އިންޓަރނެޓް ބެންކިންގ ފީ ތަކުން ސަލާމަތްވުމާއި އޭގެ އިތުރުން މަޖާ ކޮށްލުމެވެ.

ޑޮޖް ކޮއިން ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދައި މަޝްހޫރުކަން ހޯދީ ޑޮޖް މީމް އިން މަޝްހޫރުވި ކުއްތާ ޑޮޖް ކޮއިންގެ މެސްކޮޓަށް ވެގެން ދިޔުމުންނެވެ. އެހެންނަމަވެސް ބިޓްކޮއިން އަދި އެތީރަމް ވަރަށް ކާމިޔާބު ކްރިޕްޓޯ ކަރެންސީއަކަށް އަދި ޑޮޖް ކޮއިން ކައިރިވެސް ނުވެއެވެ.

undefined

ޑޮޖް ކޮއިން އަކީ ލައިޓްކޮއިން އާއި ދާދި އެއްގޮތް ކަރެންސީއެކެވެ. މި ދެ ކަރެންސީގައި ހުރި ހަމަ އެކަނި ތަފާތަކީ ލައިޓްކޮއިން މައިން ކުރެވޭނީ ވަކި އަދަދަކަށެވެ. އެހެން ނަމަވެސް ޑޮޖް ކޮއިން މައިން ކުރުމަށް ވަކި ލިމިޓެއް ނެތްކަމެވެ.

ޑޮޖް ކޮއިންގެ މިހާރު އަގަކީ 0.078 ޑޮލަރެވެ. މިއަހަރު ތެރޭގައި ޑޮޖް ކޮއިންގެ އަގު 1 ޑޮލަރަށް އަރާނެކަމަށް މިހާރުވަނީ ލަފާކުރެވިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ