އެޗްއީއޯސީގެ ޓީމެއް ފުވައްމުލަކަށް

ފުވައްމުލަކު ސިޓީގެ މުޖުތަމައުއިން ކޮވިޑް-19 ފެނުމާއި އެކު ހެލްތް އެމްޖެންސީ އޮޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ޓީމެއް އެރަށް ގޮސްފި އެވެ.

ޓެކްނިކަލް އެޑްވައިޒަރީ ޓީމު އެރަށަށް ގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައިއެވެ. އެގޮތުން އެރަށަށް ހެލްތް އެމްޖެންސީ އޮޮޕަރޭޝަން ސެންޓަރުގެ ފަރާތުން އެސެންޓަރުގެ ސްޕޯކްޕާސަން ޑރ ނަޒުލާ ރަފީޤްގެ އިތުރުން ޑރ އަހްމަދު ޝަހީދު އަދި ނަޒުލާ މުސްތަފާ ވަނީ އެރަށަށް ގޮސްފައެވެ.

މި ދަތުރުގައި އެޓީމުން ވަނީ ފުވައްމުލަކު ސިޓީގައި އުފައްދާފައިވާ ކޮވިޑް-19 ޓާސްކް ފޯސްގެ މެމްބަރުންނާއި ބައްދަލުކޮށްފައި އެވެ. އަދި މިއަދު ފުވައްމުލަކު ހޮސްޕިޓަލްގެ ކްލިނިކަލް ސާރވިސްގެ މުވައްޒިފުންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ނިންމާފައިއެވެ. އަދި މި ބައްދަލުވުމުގައި ކޮވިޑް-19 ގެ ރޯގާ ކޮންޓްރޯލް ކުރުމާއި ގުޅޭގޮތުން އެފަރާތްތަކަށް އިރުޝާދު ދެއްވާނެ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ހަމައެއާއި އެކު އެރަށުގައި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމުގެ މަސައްކަތުގައި ވެސް މިޓީމުން އެހީތެރިވާނެއެވެ.

ފުވައްމުލަކުގެ މުޖްތަމައު ތެރެއިން ބަލިފެނިފައިވަނީ މިދިޔަ އަންގާރަ ދުވަހު އެރަށުން ނެގި ރެންޑަމް ދެސާމްޕަލެއް ކޮވިޑް-19 އަށް ފައްސިވުމާއި އެކުއެވެ. އަދި މިއަދާ ހަމައަށް އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 14 އަށް އަރާފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް