logoEN
Sto top
ދިގު މުއްދަތަށް ބޭސް ކުރާ 18 އަހަރުން މަތީގެ މީހުންނަށް ވެކްސިންދޭން ފަށައިފި

ދިގު މުއްދަތަށް ބޭސް ކުރާ 18 އަހަރުން މަތީގެ މީހުންނަށް ވެކްސިންދޭން ފަށައިފި

އަހުމަދު ޝުރާއު

logo

2/13/2021, 10:18:21 AM

36e55e12-d8bf-46fc-8ec8-21bce599b236

ދިގު މުއްދަތަށް ބޭސް ކުރާ 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށައިފި އެވެ.

Wamco

ވެކްސިން ދޭން މިއަދު ފަށާފައިވަނީ ދިގު މުއްދަތަކަށް ބޭސް ބޭނުން ކުރާ 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށާއި 55 އަހަރުން މަތީގެ ފަރާތްތަކަށެވެ. އެގޮތުން ވެކްސިން ދިނުން ފުރަތަމަ ފަށާފައިވަނީ ސޯޝަލް ސެންޓަރުގައި އެވެ.

މާލެ ސަރަހައްދުގައި ވެކްސިން ދޭ ތަންތަނަކީ މާލެއިން ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒު، އަދި ވިލިމާލެ ޒުވާނުން މަރުކަޒާއި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުންނެވެ. ހުޅުމާލެ ވެކްސިންނޭޝަން ސެންޓަރު ގާއިމް ކޮށްފައިވަނީ ކުރީގެ ފްލޫ ކްލިނިކް ހުރި އިމާރާތުގަ އެވެ.

ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަށް

ކެންސަރު ބައްޔަށް ފަރުވާކުރަމުންދާ މީހުންނާއި މި ބައްޔަށް ފަރުވާކޮށް ނިމުނުތާ އަހަރެއް ހަމަނުވާ މީހުން

ހަކުރު ބަލި ހުންނަ މީހުން

ހިތުގެ ބަލިތައް ހުންނަ މީހުން

ސްޓްރޯކެއް ޖެހިފައިވާ މީހުން

އިސްކޮޅާއި އަޅާ ބަލާއިރު ބަރުދަން މަތި މީހުން (ބީ.އެމް.އައި 40ން މަތި މީހުން)

ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ދިފާއީބާރު ދަށްވެފައިވާ މީހުން

ކިޑްނީ ބަލީގެ ސްޓޭޖް 3 އަދި 4 ގެ ބަލިމީހުން

ދިގު މުއްދަތަކަށް ފުރަމޭގެ ބައްޔެއް ތަޙައްމަލުކުރަމުންދާ މީހުން

ތެލެސީމިއާ މޭޖަރ/ސިކްލްސެލް އެނީމިއާ ހުންނަ މީހުން

އެދުމަތިވެފައިވާ މީހުންނާއި އެމީހުން ބަލަހައްޓާ މީހުން

މީގެ އިތުރުންވެސް، އެއްވެސް ބައްޔަކާއި ގުޅިގެން ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުން

ވެކްސިން ޖަހަން ދާއިރު ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުން ބޭސް ސިޓީ ގެންދިޔުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައިއެވެ.

ރާއްޖޭގައި އިއްޔެ ވަނީ 45 އަހަރުން މަތީގެ މީހުންނަށް ވެކްސިންދޭން ފަށާފައިއެވެ. އެގޮތުން އިއްޔެ އެކަނިވެސް 1902 މީހުންނަށް ވެކްސިން ދީފައިއެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މިހާތަނަށް 27،000 އަށްވުރެެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside