![މޫސުން ގޯސްވެ ބިންގަނޑު ކަނޑައިގެންދިޔުމުގެ ސަބަބުން އިންޑޮނޭޝިއާގެ 11 މީހަކު މަރުވެއްޖެ](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F03%2F63856228_1006.jpg&w=3840&q=75)
މޫސުން ގޯސްވެ ބިންގަނޑު ކަނޑައިގެންދިޔުމުގެ ސަބަބުން އިންޑޮނޭޝިއާގެ 11 މީހަކު މަރުވެއްޖެ
63856228_1006
އިންޑޮނީޝިއާގެ އެންމެ ބޭރުގެ އެއް ރަށް ކަމަށްވާ ރިއާއު އައިލެންޑްސްއަށް އިއްޔެ ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެގާރަ މީހުން މަރުވެފައިވާކަމަށް އެގައުމުގެ ޑިޒާސްޓާ އެޖެންސީން ބުނެފި އެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
އިންޑޮނޭޝިއާގެ ނޭޝަނަލް ޑިޒާސްޓާ މިޓިގޭޝަން އެޖެންސީގެ ތަރުޖަމާނު އަބްދުލް މުހާރީ ކޮމްޕަސް ޓީވީގައި ވިދާޅުވީ، ލޯކަލް އޮފިޝަލުންގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު މިހާތަނަށް 11 މީހަކު މަރުވެފައިވާ ކަމަށެވެ.
އަދި މި ހާދިސާގައި ގެއްލުނު މީހުންގެ އަދަދު 50 އަށް ވުރެ މައްޗަށް އަރާނެ ކަމަށްވެސް ވަނީ އަންދާޒާ ކޮށްފައެވެ.
ރިއާއު އައިލެންޑްސް ޑިޒާސްޓާ މިޓިގޭޝަން އެޖެންސީގެ ތަރުޖަމާނު ޖުނައިނާ ވިދާޅުވީ ގެއްލުން ލިބުނު ސަރަހައްދުގެ މުވާސަލާތީ ނެޓްވޯކް ކަނޑާލުމުން އެންމެ ފަހުގެ މައުލޫމާތު ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އިންޑޮނީޝިއާއަކީ ވިއްސާރަ މޫސުމުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ފުރުސަތު އޮތް ގައުމެކެވެ. އަދި ބައެއް ސަރަހައްދުތަކުގައި ގަސް ކެނޑުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ފުރުސަތު ބޮޑުވެފައިވާއިރު، ދިގު މުއްދަތަކަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.