![ވީއައޭއިން މިރޭ ކަރަންޓު ކަނޑާލަނީ](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F03%2Fb_y2R3GdIbh6ZYPBVQ1jGldUVZK.jpeg&w=3840&q=75)
b_y2R3GdIbh6ZYPBVQ1jGldUVZK
އަޕްގްރޭޑިން މަސައްކަތެއް ކުރިޔަށް ގެންދިޔުމަށްޓަކައި މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ކަރަންޓް ކަނޑާލަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
އެމްއޭސީއެލުން މިއަދު ބުނީ ކަރަންޓް ކަނޑާލަން ނިންމާފައި ވަނީ މެންމަދަމު 2:00 އިން ފަތިހު 4:00 އަށް ކަމަށެވެ.
ކަރަންޓު ކަނޑާލަން ނިންމާފައިވާ ވަގުތަކީ އެއާޕޯޓުގެ އޮޕަރޭޝަންތަށް ކޮންމެ ރެއަކުވެސް މެދުކަނޑާލާ ވަގުތެކެވެ.
އެމްއޭސިއެލުން ވަނީ މީގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތި އުނދަގޫތަކަށް މާފަށް އެދިފައެވެ.