logoEN
cocacola
ވެކްސިން ޖެހުމަށް ފަހުވެސް ތިބާގެ ފަރާތުން ކޮވިޑް ފެތުރިދާނެތަ؟

ވެކްސިން ޖެހުމަށް ފަހުވެސް ތިބާގެ ފަރާތުން ކޮވިޑް ފެތުރިދާނެތަ؟

DSC_6650

ދުނިޔޭގައި މިހާތަނަށް އުފައްދާފައިވާ ގިނަ ވެކްސިންތަކަކީ އެންމެ ފުރިހަމައަށް ވައިރަސްއާ ދެކޮޅަށް މަސައްކަތް ކުރާ ވެކްސިންތަކެއް ނޫނެވެ. އަދި އެފަދަ ވެކްސިން އެއް އުފެއްދުމަށް އެތައް އަހަރެއް ހޭދަވާނެއެވެ.

ގޮސިޔާ

މިއީ ދުނިޔޭގެ ތާރީޚުގައި ވެސް މިހާ ކުރުމުއްދަތެއްގެ ތެރޭގައި ވެކްސިނެއް އުފައްދައި ބޭނުންކުރަން ފެށުނު ފުރަތަމަ ފަހަރު ނަމަވެސް މި ވެކްސިންތަކަކީ ވެސް ވެކްސިން އުފެއްދުމުގެ ހުރިހާ މަރުހަލާތަކެއް ފުރިހަމަކޮށް އޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަހު ބޭނުން ކުރަން ފެށި ވެކްސިންތަކެވެ.

ކޮވިޑް-19 އާ ދެކޮޅަށް މިހާތަނަށް އުފައްދާފައިވާ ވެކްސިން އެއް ޖެހުމަށް ފަހު ގައިން ގަޔަށް މި ވައިރަސް ނުފެތުރޭނެ ކަމުގެ ޔަގީންކަން މިހާތަނަށް ހޯދިފައި ނުވެއެވެ. ވެކްސިން ވައިރަސް އާ ދެކޮޅަށް ހަށުގަނޑުގައި އެންޓިބޮޑިީސް އުފެއްދި ނަމަވެސް ތިބާއަށް ނޭނގި ވައިރަސް އެހެން މީހަކާ ހަމައަށް ތިބާއަށް ގެންދެވިދާނެއެވެ. އަދި މިގޮތައް ގޮސް ފެތުރި ކޮވިޑް-19 އެޕިޑެމިކަކަށްވެސް ވުން ގާތެވެ.

އެހެންނަމަވެސް ވެކްސިން ވައިރަސްއާ ދެކޮޅަށް ކުރާ މަސައްކަތުން ވައިރަސް ފެތުރޭ މިންވަރު މިހާރަށްވުރެ ވަރަށް ބޮޑުތަން ކުޑަވެގެންދާނެއެވެ. ވެކްސިން ޖެހުމުން ޢާންމު އުސޫލުން އިންސާނާގެ ދިފާޢީ ނިޒާމު މަސައްކަތްކޮށް އެ ޖަރާސީމު ނައްތާލުމަށް ބޭނުންވާ އެންޓިބޮޑީސް ހަށިގަނޑުގައި އުފައްދައެވެ.

މިވަގުތަށް ކޯވިޑް-19 އިން ރައްކާތެރިވެ ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް އޮތް އެންމެ ރަނަގަޅު ފަރުވާއަކީ ވެކްސިންޖެހުމެވެ. ވެކްސިން ޖައްސަވައި ރައްކާތެރިކަން ކަށަވަރުކުރައްވާށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ