logoEN
cocacola
ވެލިގާ ރޯޑް ޝޯވް ކުޅުދުއްފުށީގައި ފަށައިފި

ވެލިގާ ރޯޑް ޝޯވް ކުޅުދުއްފުށީގައި ފަށައިފި

B5C1B4E2-3FF0-4F4F-91E3-ACBF42FD4545

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ވެލިގާ ކުންފުނިން ކުޅުދުއްފުށި ސިޓީގައި ވެލިގާ ރޯޑްޝޯ ފަށައިފި އެވެ.

ގޮސިޔާ

މި ރޯޑްޝޯ ރަސްމީކޮށް ފަށާފައިވަނީ މިއަދު ހަވީރު އެވެ. އެގޮތުން ވެލިގާ ރޯޑްޝޯ ކުރިޔަށް ދާނީ ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ސަރަހައްދުގައި އެވެ.

މި ރޯޑްޝޯ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. މި ރޯޑްޝޯގައި ވެލިގާ ހާޑްވެއާއި ބްލެންކް ބައި ވެލިގާގެ ޕްރޮޑަކްޓުތައް ވަނީ ޝޯކޭސްކޮށްފައެވެ. އަދި މި ތަކެތި އަމިއްލައަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތުވެސް ރޯޑްޝޯ އިން ލިބިގެންދާނެ އެވެ. އަދި ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ޕްރޮޑަކްޓްތަކާއި ގުޅޭ އެންމެ ތަފްސީލީ މައުލޫމާތު ދިނުމަށް ވެލިގާގެ މުވައްޒަފުން މި ރޯޑްޝޯގައި ހަރަކާތްތެރިވާނެ އެވެ.

މިއަދު ހަވީރު އާއި ރޭގަނޑު އަދި މާދަމާ ހެނދުނާއި ހަވީރު އަދި ރޭގަނޑު މި ރޯޑް ޝޯ ކުރިއަށްދާނެ އެވެ. ފަސްވަނަ ދުވަހު ކުރިއަށްދާނީ ކްރާފްޓްސްމަނުންނާއި ވިޔަފާރިތަކާ ބައްދަލުކުރުމެވެ.

ވެލިގާ ރޯޑްޝޯއެެއް ރާއްޖޭގެ އުތުރުގައި މިއަދު ފަށާފައިވާއިރު، ހަމަ މިފަދަ ޝޯއެއް ރާއްޖޭގެ ދެކުނުން ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގަވެސް ވަނީ ބާއްވާފައެވެ.

އާއްމުންނާއި ވިޔަފާރިވެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ މި އިވެންޓް ގދ. ތިނަދޫގައި ބާއްވާފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރ މަހުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ