މާލޭގައި ގްރޭޑް 6ކުން ދަށުގެ ދަރިވަރުންނަށް ކިޔެވުން ބަންދުކޮށްފި

މާލޭގައި ގްރޭޑް ހަޔަކުން ދަށު ދަރިވަރުންގެ ކިޔެވުން މިއަދުން ފެށިގެން ބަންދު ކުރަން ނިންމައިފިއެވެ.

މާލޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް ހަޔަކުންފެށިގެން ދަށު ގްރޭޑްތަކުގެ ކެޔެވުން ބަންދުކޮށް އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިއްޔެ އަންގައިފައެވެ.

ރޭ އެޑިއުކޭޝަން މިނިސްޓްރީއިން ނެރުނު އިއުލާނުގައި ވާގޮތުން މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދުގެ މަތިން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ދެ ހަފްތާއަށް މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1-6 އަށް ކިޔެވުން ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ އޮންލައިންކޮށް ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 އެކްޓިވް ކޭސްތަކުގެ އަދަދު 2300އަށް ވުރެ ގިނަވެފައިވާއިރު އެޗްޕީއޭއިން ދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން 12 ގަޑިއިރަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކޮށްފައިވާއިރު،އެއްފަހަރާއި 10 މީހުންށްވުރެ ގިނަމީހުން މަގުމައްޗާއި އާންމުތަންތަނަށް އެއްވެ އުޅުން ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް