logoEN
cocacola
ކޮކާކޯލާ ކަރުދާސް ފުޅިއަށް؟

ކޮކާކޯލާ ކަރުދާސް ފުޅިއަށް؟

185956-cocaweb

ކޮކާކޯލާއިން ބޭނުން ކުރަމުން އަންނަ ޕްލާސްޓިކް ފުޅި، ކަރުދާސް ފުޅިއަކަށް ބަދަލުކުރުމުގެ މަސައްކަތް އެކުންފުނިން ފަށައިފިއެވެ.

ގޮސިޔާ

ކޮކާކޯލާ ކުންފުނިން މިހާރު ވަނީ މި މަސައްކަތުގެ ތަހުލީލު މަރުހަލާ ފަށައިފައެވެ. މި މަސައްކަތަކީ އެކުންފުނިން އުފައްދާ ޕްލާސްޓިކް އެއްކޮށް ހުއްޓާލުމަށްޓަކައި އެ ކުންފުނިން ހިފާފައިވާ އަމާޒު ހާސިލް ކުރުމަށް ކުރިއަށް އެޅުނު ބޮޑު ފިޔަވަޅެއް ކަމަށް އެކުންފުނިން ބުނެއެވެ.

މި ފުޅި ފަރުމާކޮށްފައިވަނީ ވަރަށް ވަރުގަދަ ކަރުދާސް ފަށަލައަކާއެކު އަދި ވަރަށް ތުނި ޕްލާސްޓިކް ފަށަލައެއް މިފުޅީގައިވާ ގޮތަށެވެ. ނަމަވެސް އެކުންފުނީގެ އަމާޒަކީ ސައްތައިންސައްތަ އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް އުފެއްދުން އެކޮށް ހުއްޓާލުމެވެ. އެހެންކަމުން މިފުޅި ވެގެންދާނީ އެއްފަހަރަށްވުރެ ގިނަފަހަރު ބޭނުންކުރެވޭ ފުޅިއަކަށެވެ.

ކޮކާ ކޯލާ އަކީ ދުނިޔޭގައި އެންމެ ގިނަ ޢަދަދަކަށް ޕްލާސްޓިކް އުފައްދާ ކުންފުންޏެވެ. އެގޮތުން ދުނިޔެ އެންމެ ބޮޑަށް ޕްލާސްޓިކް އިން ތަޤައްޔަރުކޮށްފައިވާ ކުންފުންޏަކީވެސް ކޮކާކޯލާއެވެ. ނަތީޖާއެއްގެ ގޮތުން، މި ވަގުތު ދުނިޔޭގައި ހަޑިވެފައިވާ ގޮނޑުދޮށަކަސް، މޫދަކަސް، އަދި ކޯރެއް ކަމުގައި ބެލިނަމަވެސް، ފެންނާނެ އެއް މަންޒަރަކީ ކޮކާ ކޯލާ ހުސްކުރި ފުޅިތަކެވެ.

މިދިޔަ އަހަރު 51 ޤައުމަކަށް އަމާޒުކޮށްގެން ޕްލާސްޓިކް އާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއަކުން ކުރި ސާރވޭއެއްގައި ދައްކާގޮތުގައި، 37 ޤައުމަކުން އެންމެ ގިނައިން އުކާލެވޭ ކުނިން ޕްލާސްޓިކްގެ ގޮތުގައި ފެނިފައިވަނީ ކޮކާ ކޯލާ ހުސްކުރި ފުޅިތަކެވެ. އެގޮތުން މިކުނިބުނީގެ ތެރޭގައި ހިމެނެނީ ކޮކާ ކޯލާގެ ބްރޭންޑިންގއަށް ނިސްބަތްވާ 13834 ޕްލާސްޓިކް އުފެއްދުންތަކެވެ.

undefined

ކޯޯކާކޯލާއިން ގެނައުމަށް މަސައްކަތްކުރާ މި ބަދަލާއި އެކު ދުނިޔެ ތަގައްޔަރުކުރަމުން އަންނަ ޕްލާސްޓިކްގެ ބޮޑު އިންސައްތައެއް މަދުކުރެވިގެންދާނެއެވެ. ހަމައެއާއިއެކު ކޮކާކޯލާގެ އެންމެ ބޮޑު އެއް އަމާޒު ކަމުގައިވާ އެއްފަހަރު ބޭނުންކޮށް އުކައިލެވޭ ޕްލާސްޓިކް އެއްކޮށް ހުއްޓާލުމަށް ކުރެވޭ މަސައްކަތައް މިއީ އެޅޭ ބޮޑު ފިޔަވަޅެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ