logoEN
cocacola
ކޯޓުގައި ކުރިޔަށް ގެންދެވުނު ވީޑިއޯ ޝަރީޢަތެއްގައި ވަކީލު ވާހަކަ ދައްކާ ބުޅަލެއްގެ ސިފައަށް ބަދަލުވެފައި

ކޯޓުގައި ކުރިޔަށް ގެންދެވުނު ވީޑިއޯ ޝަރީޢަތެއްގައި ވަކީލު ވާހަކަ ދައްކާ ބުޅަލެއްގެ ސިފައަށް ބަދަލުވެފައި

hhh

ކޮވިޑް19ގެ ޙާލަތުގައި، ގިނަ އަދަދެއްގެ ޤައުމުތައް ފުރަބަންދަށް ގޮސް، ސްކޫލްތަކުގެ ކިޔެވުމާއި، ސަރުކާރުގެ އޮފީސްތަކުގެ ޚިދުމަތްތައް ގިނަ ޤައުމުތަކުން ވަނީ އޮންލައިންކޮށް ދޭން ފަށާފައެވެ. ކޮވިޑް 19ގެ ބަލިމަޑުކަމުގައި އިންޓަނެޓާއި ޓެކްނޮލޮޖީއަށް ބަރޯސާވެ ޚިދުމަތް ދިނުމަށް މަޖްބޫރުވެގެން ގޮސްފައި ވެއެވެ.

ގޮސިޔާ

ކޮވިޑް19ގެ ހާލަތުގައި ގިނަ ބައްދަލުވުންތައް އޮންލައިންކޮށް ކުރިޔަށް ގެންދެވި، ބައެއް އޮންލައިން މީޓިން ޕްލެޓްފޯމްތައް ކަމުގައިވާ ގޫގަލް މީޓް އަދި ޒޫމް މީޓިންގ ގެ ބޭނުންތެރިކަން އިތުރުވެ ގިނަ ފަރާތްތަކުން ތަފާތު އެކި އޮންލައިން ބައްދަލުވުންތަކަށް މިފަދަ އެޕްލިކޭޝަންތަކުގެ ބޭނުންކުރިކަމުގައި ވީނަމަވެސް، މިފަދަ ޕްލެޓް ފޯމްތަކަށް ގިނަ މީހުން އެހާ އަހުލުވެރިއެއް ނޫނެވެ. މިފަދަ އޮންލައިން މީޓިންގތައް ގިނަ ބަޔަކަށް އެނގި ތަޢާރަފުވެގެން ގޮސްފައިވަނީ ކޮވިޑް19ގެ ހާލަތަށް ފަހުއެވެ.

އޮންލައިން މީޓިންގ ބޭއްވުމަށް ބޭނުންކުރާ އެއް ޕްލެޓްފޯމް ކަމުގައިވާ ޒޫމް އަކީ ގިނަބަޔަކު އޮންލައިން ވީޑިއޯ މީޓިންގ ބޭއްވުމަށް ބޭނުންކުރާ އެޕްލިކޭޝަނެކެވެ. މިފަދަ މީޓިންގ ތަކުގައި، މައިކުން ރަނގަޅަށް ދައްކާ ވާހަކަ، އަނެއްކޮޅަށް އަޑު ނުއިވުން، އޮޅިގެން ކެމެރާ އޮން ވެފައި ހުންނަ ގަޑިއެއްގައި ލަނދުގަންނަ ކޮންމެވެސް ކަމެއް ކުރެވުން، އަނެއްކޮޅަށް އަޑުއިއްވަން ބޭނުން ނުވާ ވާހަކައެއް ދައްކާއިރު މައިކް އޮން ވެފައި ހުރުން ފަދަ ތަފާތު ލަނޑުތައް މީހުންނަށް ލިބިފައި އެބަހުއްޓެވެ. ބައެއް ފަހަރު، މީޓިންގް ގެ ބައެއް ބައިވެރިން އެމީހާއަށް ނޭނގި، ބުޅަލެއްގެ ސިފައަށް ބަދަލުވެފައި ވެސް އެބަހުއްޓެވެ.

އެމެރިކާގެ ޓެކްސަސްގައި ޒޫމް މެދުވެރިކޮށް ވާޗުއަލް ކޯޓެއްގައި ކުރިޔަށް ގެންދެވުނު ޝަރީޢަތެއްގެ މެދުތެރެއިން، ވަކީލު ވާހަކަ ދައްކާ ބުޅަލަކަށް ވަނީ ބަދަލުވެފައެވެ. މިކަން މިހެން މެދުވެރިވާން ދިމާވީ، ޒޫމްގައި ފިލްޓާއެއްގެ ގޮތުގައި ހިމަނާފައިވާ ބުޅަލެއްގެ ފިލްޓާ ވަކީލަށް އޮޅިގެން އޮންކޮށްލެވުމުންނެވެ. މިޝަރީއަތުގެ ވީޑިޔޯ ވަނީ މުޅި އިންޓަނެޓުގައި ވައިރަލްވެ ގިނަ އަދަދެއްގެ މީހުންގެ ސަމާލުކަން ހޯދާފައެވެ.

ޒޫމް ވީޑިއޯ މީޓިންގް ގެ ރެކޯޑިންގ ގައި ފެނިގެންދަނީ، ފަޑިޔާރު އެޗް. ގިބްސް ބައުއާ އަދި ވަކީލު ރޮޑް ޕޮންޓޮން ނުވަތަ ވީޑިއޯގައި ފެންނަ ވާހަކަ ދައްކާ ބުޅަލާ ދެމެދުގައި ކުރިޔަށްދިޔަ ވާހަކަތަކެވެ. ވަކީލު ނުވަތަ ވާހަކަ ދައްކާ ބުޅާ ވާހަކަ ދައްކަމުން ދާއިރު، ފަޑިޔާރު ދެލޯ ބޮޑުވެފައި ބުނާނެ އެއްޗެއް ނޭނގިފައި އިދެއެވެ.

https://www.youtube.com/watch?v=qcnnI6HD6DU

"މިސްޓަރ ޕޮންޓޮން، އަހަންނަށް ހީވަނީ ވީޑިއޯގައި ފިލްޓާއެއް ލެވިފައި ހުރިގޮތަށް މިކޮޅަށް ފެންނަނީ" ފަޑިޔާރު ބުންޏެވެ.

ސްކްރީނުގެ ތިރިން ކަނާތްފަރާތުން ފެންނަ "އަހަރެން މިއުޅެނީ ބަދަލު ނުވެގެން"، ވާހަކަ ދައްކާ ބުޅާގެ ސިފައިގައި ވަކީލު ބުނެއެވެ.

"އަހަންނަށް އަޑު އިވޭ. ހީވަނީ ފިލްޓާއެއް ލެވިފައި އިނީހެން". ފަޑިޔާރު ތަކުރާރުކޮށް ބުންޏެވެ.

ސްކްރީނުން ފެންނަ ވާހަކަ ދައްކާ ބުޅާ، ހާސްވެ، ކަންބޮޑުވެފައިވާ ގޮތަކަށް ވާހަކަ ދައްކަމުން ދިޔައެވެ. "އާ އާ އަހަންނަން ނޭނގިގެން މިއުޅެނީ މިފިލްޓަރ ބަދަލުކުރެވޭތޯ". "އަހަރެންގެ އެސިސްޓެންޓް މިހާރު އެބަ މަސައްކަތް ކުރޭ ބަދަލުވޭ ތޯ" ހުއްޓުމެއް ނެތި ބުޅާ ވާހަކަ ދައްކަމުން ދިޔައެވެ.

ނަމަވެސް ޕޮންޓޮން ގެ ނަސީބު ކަންދިމާކުރިގޮތުން އެސިސްޓެންޓަށްވެސް، ފިލްޓަރ ބަދަލުކޮށް ނުލެވުމުން، ޝަރީއަތުގެ ބައްދަލުވުން ކެންސަލް ނުކޮށް ކުރިޔަށް ގެންދިޔުމަށް ފަނޑިޔާރުގެ ކިބައިން އެދުނެވެ.

"އަހަރެން ބޭނުންވަނީ ޝަރީޢަތް މެދު ކަނޑާނުލައި ކުރިޔަށް ގެންދިޔުމަށެވެ. މިއީ ހަމަ އަހަރެން ދިރި މިހިރީ، ބުޅަލެއްގެ ގޮތުގައި ފެނުނަސް، އަހަންނަކީ ބުޅަލެއް ނޫން". ޕޮންޓޮން ބުންޏެވެ.

އިތުރު ގޮތެއް ނެތުމުން އެގޮތަށް ޝަރީއަތް ކުރިއަތް ގެންދިޔައެވެ.

ޓެކްސަސްގެ 394 ވަނަ ޑިސްޓްރިކްޓް ކޯޓުން މިޝަރީއަތުގެ ވީޑިއޯ އާންމުކުރުމުން، މިފަދަ ތަފާތު ފިލްޓަރ ތަކުން ދިމާވެދާނެ މައްސަލަތަކަށް މީހުން އަހުލުވެރި ވެގެން ގޮސްފައިވެއެވެ.

ގެންގުޅޭ ލެޕްޓޮޕް ނުވަތަ ކޮމްޕިއުޓަރު އެހެން ފަރާތަކުން ބޭނުން ކޮށްފިނަމަ، މިފަދަ ރަސްމީ ބައްދަލުވުންތަކަށް ވަނުމުގެ ކުރިން، އެއްވެސް ފިލްޓަރ އެއް، މައިކް، ކެމެރާ ފަދަ ތަކެތި ރަނގަޅަށް މަސައްކަތް ކުރޭތޯ ބެލުމަކީ ފަރުދީ ޒިންމާއެކެވެ.

ޝަރީޢަތުގެ މެދުތެރެއިން ދިމާވި ޓެކްނިކަލް މައްސަލަ ފަނޑިޔާރު އަދި ވަކީލު އެކަކު އަނެކަކުގެ އަގު ނުވެއްޓޭ ގޮތަށް، އެހެން މީހުންނަށް ފިލާވަޅެއްގެ ގޮތުގައި ނޫސްތަކާއި ހިއްސާކޮށްފައި ވެއެވެ. މިފަދަ ހާލަތަކީ ކޮންމެ މީހަކަށްވެސް ކުރިމަތި ވެދާނެ ހާލަތެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ