ދުނިޔޭގެ އެންމެ ދިގު ނަމެއް ލިބިފައިވާ މީހަކަށް ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް އިން ޖާގައެއް ލިބިއްޖެއެވެ.
ނިއުޒީލެންޑަށް އުފަން ލޯރެންސް ގްރެގަރީ ވަޓްކިންސް، 8 މާޗް 1990 ގައި ޑީޑް ޕޯލް މެދުވެރިކޮށް އޭނާގެ ނަން ބަދަލުކުރަން ނިންމައި، ރަސްމީކޮށް ޑިޕާޓްމަންޓް އޮފް ޖަސްޓިސްގައި އޭނާގެ ދިގު ނަން ރަޖިސްޓްރީކޮށް، 2،310 ނަމާއި އާއިލާއަށް ނިސްބަތްވާ ނަން ވަނީ އަމިއްލައަށް ދީފައެވެ.
އޭނާގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި، އެފަދަ ދިގު ނަމެއް ކަނޑައެޅުމުގައި އޭނާ އިޚްތިޔާރު ކުރީ އޭނާއާއި އާއިލާއަށް މުހިންމު ކްރިސްޓިއަން ނަންތަކެއް ކަމަށެވެ. އަދި ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑްސްގައި އެންމެ ދިގު ނަމުގެ ރެކޯޑާއެކު އޭނާގެ ނަން އޮތުމަކީ އޭނާ ފަޚުރުވެރިވާ ކަމަށެވެ.
އޭނާގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި، ދުނިޔޭގައި ހުރި އެންމެ ދިގު ނަމުގެ ރެކޯޑު އޭނާއަށް ދީފައިވީ ނަމަވެސް، އޭނާގެ ރަހްމަތްތެރިންނާއި އޭނާގެ އާއިލާއަށް އޭނާ އަކީ ލޯރެންސް ވޮޓްކިންސް ކަމަށެވެ.
ލޯރެންސްގެ ސައިޓުގައި އޭނާގެ އުފަންދުވަހުގެ ސެޓްފިކެޓްގެ ސްކޭން ކޮޕީއެއް ވެސް ލާފައިވާއިރރު، އޭނާގެ އަސްލު ނަމާއި ބައްޕަ ލޯރެންސް ސޮމަރވިލް ވަޓްކިންސްއާއި އޭނާގެ މަންމަގެ ނަންވެސް ލިޔެފައި އޮތެވެ.