![މެމްބަރު ރިޒާގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F02%2FNew-Project-80.jpg&w=3840&q=75)
New Project (80)
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނިޔާވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ ހަނދާނުގައި ތަައުޒިޔާގެ ދަފްތަރެއް ހުޅުވައިފިއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ނިޔާވުމާއި ގުޅިގެން އެމަނިކުފާނުގެ ހަނދާނުގައި މިއަދު މަޖިލީހުގެ އިދާރާގައި ހުޅުވި މި ދަފްތަރުގައި ތައުޒިޔާ ފޮނުވުން ކުރިއަށް އޮތް 3 ދުވަހު ކުރިއަށް ދާނެކަމަށާއި މަޖިލިސް މެމްބަރުންގެ އިތުރުން އާއްމުންނަށްވެސް މި ދަފްތަރުގައި ސޮއިކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
މެމްބަރު ރިޒާއަކީ މަޖިލީހަށް މުހިންމު ގިނަ ހިދުމަތްތަކެއް ކޮށްދެެއްވާފައިވާ ބޭފުޅެއްކަމަށް ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއަދުގެ މަޖިލީހުގެ ޖަލްސާގައި މެމްބަރު ރިޒާގެ ހަނދާނުގައި ހަމަހިމޭން ކަމުގެ ސުކޫތެއްވެސް ވަނީ ގެނެސްފައެވެ.
މަޖިލީހުގައި ގިނަ ދުވަސްވީ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރިޒާ ނިޔާވީ މެލޭޝިޔާގައެވެ. އަދި ރާއްޖޭގައިވަނީ އޭނާގެ މައްޗައް ޢައިބަށް ކަށުނަމާދުކޮށްފައެވެ.