ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި 12 ގަޑިއިރަށް ވެހިކަލް ދުއްވުން މަނާ ކޮށްފިއެވެ.
ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި މިއަދު ހަވީރު 6 އިން ހެނދުނު 6 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައެވެ. (އެގޮތުންމާާލެ ސަރަޙައްދު )މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ތިލަފުށް ޓާއި، ގުޅީފަޅާއި، ހުޅުލެ( ގައި، ހަވީރު 6:00 އިން
ފެށިގެން ހެނދުނު 6:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށްފައިއެވެ.
މި ފިޔަވަޅު އަޅާފައި ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް ލިބިފައިވާ ބާރުގެ ދަށުންނެވެ.
އެހެން ނަމަވެސް މި ފިޔަވަޅުތައް އިސްތިސްނާ ވާނެ ފަރާތްތައް އެންގުމުގައި ވެއެވެ.
- ސިފައިންނާއި ފުލުހުން
- ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
- އެމްބިއުލަންސް
- ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯ.ސީ) ގެ ފާސް ލިބިފައިވާ ފަރާތްތައް
- އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައް
އަދި ފިޔަވަޅުތައް ތަންފީޛު ކުރުމުގައި، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން އަޅަމުން ގެންދާނެ ކަމަށާއި އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އާންމުންގެ ކިބައިން ވަނީ އެދިލައްވާފައެވެ.