
ސިންގަލްކޮށް ތިބޭ ފިރިހެނުންނަށް ޖިންސީ ގުޅުން އެހާ މުހިންމެއް ނޫން - ދިރާސާ
Fewer-responsibilities-benefits-of-being-single-man
އެކަނިވެރި ފިރިހެނުންގެ ތެރެއިން 81 އިންސައްތަ ފިރިހެނުންނަށް، ކޮވިޑް-19 ޕެންޑެމިކަށްވުރެ ކުރިއާ އަޅާބަލާއިރު، މިހާރު ޖިންސީ ގުޅުން ހިންގުން އެހާ މުހިންމު ނޫން ކަމުގައި ދިރާސާއަކުން ދައްކައިފިއެވެ.

މިދިރާސާގައި އިސްކޮށް ހަރަކާތްތެރިވި، ޖިންސީ ގުޅުން ހިންގުމާ ގުޅޭގޮތުން ދިރާސާ ކުރާ ފަރާތެއްކަމަށްްވާ ހެލެން ފިޝަރ އަދި ޖަސްޓިން ބުނެފައިވާ ގޮތުގަައި، ކޮވިޑް-19 ގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ދިރިއުޅުމަށްް ބޮޑެތި ބަދަލުތަކެއްް އައިސްްފައިވާ ކަމަށެވެ. އެގޮތުން ޙާއްސަކޮށް ޖިންްސީ ގުޅުން ހިންގުމާއި ބައިވެރިޔަކު އިހްތިޔާރު ކުރުމުގައި ގިނަ ބަޔަކަށް އުނދަގޫތަކާ ކުރިމަތިވާ ކަމަށެވެ.
ދިރާސާކުރި ފަރާތުން ބުނެފައިވާ ގޮތުގައި، ޖިންސީ ގުޅުން ގިނައިން ހިންގި ވަރަކަށް އޭގެ ބޭނުން އިތުރުވާނެ ކަމަށާއި މަދުން ހިންގުމުން އެކަމަށް ބޭނުންވާ ވަރު ކުޑަވާނެ ކަމަށެވެ. އެގޮތުން މި ދިރާސާގައި ބައިވެރިވި ގިނަ ޒުވާނުން ޕެންޑަމިކް ތެރޭގައި ޖިންސީ ގުޅުން ހިންގާފައިވަނީ މަދުން ކަމަށެވެ.
އަދި އެއީ އެފަދަ ހިޔާލުތަކާ އެކަމަށް ބޭނުން ނުވާތީ ނޫން ކަމަށް އެދިރާސާގައި ބުނެފައިވެއެވެ. އެގޮތަށް މެދުވެރިވާ ސަބަބެއްގެ ގޮތުގައި ދިރާސާގެ ބައިވެރިންގެ ތެރެއިން ގިނަ ބަޔަަކު ބުނެފައިވަނީ ޕެންޑެމިކްގެ ކުރިންނާއި މިހާރާ އަޅާބަލާއިރު އެމީހުންނަށް ދިރިއުޅުމުގެ މުހިންމުކަމާއި، ބައިވެރިޔަކު އިހްތިޔާރު ކުރުމުގައި ބަލަންޖެހޭ ބައިވަރު ކަންތައް ހުންނަ ކަމުގައި ވިސްނިފައިވާ ކަމަށެވެެ.
އެގޮތުން ސިންގަަލް ގިނަ ފިރިހެނުން ރިލޭޝަންޝިޕްތަކުގެ އަަގު ވަޒަންކުރާ ކަމަށާއި، ދިރިއުޅުމުގައި ސީރިއަސްވާން ބޭނުނންވާ ކަމަށެވެ. އަދި ޖިންސީ ގުޅުން ހިންގުމުގައިވެސް އެކަމަށް އެންމެ އެކަށޭނެ މީހަކާއެކު ގުޅުން ހިންގުން އެ ފިރިހެނުންގެ މެދުގައި މުހިންމު ކަމަށް ދިރާސާގައި ބުނެފައިވެއެވެ.