logoEN
cocacola
ޒުވާން އަންހެނަކަށް އޭނާގެ ގެ ކައިރިން 3 މުސްކުޅި ފިރިހެނުންނާ ބައްދަލުވުމުން ވީގޮތް

ޒުވާން އަންހެނަކަށް އޭނާގެ ގެ ކައިރިން 3 މުސްކުޅި ފިރިހެނުންނާ ބައްދަލުވުމުން ވީގޮތް

hhhhh

ހިތްގައިމު މޫސުން ރީތި ދުވަހެއްގައި ޒުވާން އަންހެނަކު އޭނާގެ ގެއިން ބޭރަށް ނުކުތެވެ. މިޒުވާން އަންހެން މީހާއަށް ވަރަށް ހައިރާން ކުރުވަނިވި ގޮތަކަށް ގޭގެ ގޯތިތެރެއިން މުސްކުޅި ފުރައިގެ 3 ފިރިހެނުން ފެނެއެވެ.

ގޮސިޔާ

ބަލާ ބެލުމަށް މި މުސްކުޅި 3 ފިރިހެނުން ދުވަހަކުވެސް ފެނިފައިވާހެން ނުވަތަ ދަންނަ ބަޔެއްގެ ގޮތުގައި އަންހެން މީހާއަށް ފާހަގަ ނުކުރެވުނެވެ. ނަމަވެސް ފެންނަ ފެނުމަށް ތިން މީހުންވެސް ވަރަށް ބޮޑަށް ބަޑުހައިވެ، ކާއެތިކޮޅަކަށް ބޭނުންވެފައި ތިބިހެން ހީވިއެވެ. މުސްކުޅި ތިން ފިރިހެނުންނާއި ކައިރިއަށް ޖެހިލުމަށްފަހު، ތިން މީހުންނަކީ ކޮންބައެއްކަން ނޭނގޭ ކަމަށާއި، ފެންނަ ފެނުމުގައި ތިން މީހުންވެސް، ކާއެއްޗަކަށް ބޭނުންވެފައި ވާހެން ހީވާތީ، އޭނާއާއި އެކު ގޭގެ ތެރެއަށް އައުމަށް އަންހެން މީހާ ދަޢުވަތު ދިނެވެ. ތިން މީހުންނަށް ކޮންމެވެސް ކާއެއްޗެއް ދޭން އަންހެން މީހާ ބޭނުންވިއެވެ.

އަންހެން މީހާގެ މިހުށަހެޅުމަށް ޝުކުރު އަދާކުރުމަށްފަހު، މުސްކުޅި ތިން ފިރިހެނުންކުރެ އެކަކު، ސުވާލު ކުރިއެވެ. ފިރިމީހާ ގޭގައި އެބަ އުޅޭ ހެއްޔެވެ؟. އަންހެން މީހާ ޖަވާބުގައި ބުންޏެވެ. މިވަގުތު ގޭގައި ނުއުޅެއެވެ. ފިރިމީހާ ވީ ވަޒީފާއަށް ބޭރަށް ގޮސްކަމުގައި އަންހެން މީހާ ބުނިއެވެ. ހީވެސް ނުކުރާ ފަދަ ގޮތަކަށް މުސްކުޅި 3 ފިރިހެނުން އެއްކޮށް ކަހަލަ ގޮތަކަށް ހިންހަމަ ނުޖެހިފައިވާ ރާގެއްގައި ބުންޏެވެ. އެހެން ވިއްޔާ އަހަރަމެން ތިގެއަކަށް ނުވަންނާނަމެވެ. އެހީތެރިކަމެއް ފޯރުކޮށްދޭން އުޅުމުން، ތިން މީހުންގެ ފަރާތުންވެސް ފެނިގެން ދިޔައީ އާދަޔާ ޚިލާފު ޤަބޫލުކުރަން އުދަގޫ ސިފައެކެވެ. މިތިން މީހުންގެ ތެރެއިން އެކަކު ބުންޏެވެ. ފިރިމީހާ އަންނަންދެން މިތާ ބޭރުގައި ހިޔަލުގައި މަޑުކޮށްލާނެކަމަށް ބުންޏެވެ. އަދި ގެއަށް ވަންނާނީ ފިރިމީހާ އައުމުން ކަމަށް އަނެއް ދެ މުސްކުޅިން ބުނިއެވެ.

ކޮންމެއަކަސް، ހަދާނޭ ގޮތް ހުސްވެ، އަންހެން މީހާ ގޭތެރެއަށް ވަނެވެ. އަދި މާގިނަ އިރުތަކެއް ނުވެ، ފިރިމީހާ ވަޒީފާއިން އަނބުރާ އައެވެ. އަދި ބޭރުގައި ތިބި މުސްކުޅި މީހުންނަކީ ކޮންބައެއްތޯ ސުވާލު ކުރިއެވެ. ފިރިމީހާއަށް ކަންތައް ވެގެންދިޔަ އާދަޔާ ޚިލާފު ގޮތް ކިޔާ ދިނެވެ. ފިރިމީހާ ހީލާފައި، މާބޮޑު ކަމަކަށް ނަހަދައި، އެމީހުން ގެއަށް ވަނުމަށް ދަޢުވަތު ދިނުމަށް ބުންޏެވެ. އަދި މިހާރު އޭނާ ގޭގައި ހުރުމުން، ދެން އިތުރު މައްސަލައެއް ޖެހިގެން ނުވާނެކަމަށް ދެކޭ ކަމުގައި ބުންޏެވެ.

ފިރިމީހާގެ މިޖަވާބާއެކު، އަލުން ގެއަށް ވަނުމަށް ދަޢުވަތު ދިނުމަށް އަންހެން މީހާ ބޭރަށް ނުކުތެވެ. އަދި މިތިން މުސްކުޅިންނަށް ގެއަށް ވަދެ، ކޮންމެވެސް ކާއެއްޗަށް ކާން ދަޢުވަތު ދެވަނަ ފަހަރަށް އަންހެން މީހާ ދިނެވެ. ނަމަވެސް މިފަހަރު މިތިން މުސްކުޅިންގެ ފަރާތުން ލިބިގެން ދިޔައީ ޤަބޫލުކުރަން އުދަނގޫ ތަފާތު ޖަވާބެކެވެ.

އެކަކު ބުނިގޮތުގައި، އެމީހުން 3 މީހުން އެއްފަހަރާ އެއްވެސް މީހެއްގެ ގެއަކަށް ނުވަދެއެވެ. ހައިރާންވެފައި އަންހެން މީހާ ބުނެއެވެ. އެއީ ކީއްވެ ހެއްޔެވެ. "މިހާރު އަހަރެންގެ ފިރިމީހާވެސް ގޭގައި އެބައުޅެއެވެ. ތި ތިން މީހުން އަހަރަމެންގެ ގެއަށް އައިސް އަހަރަމެންނާއެކު ކެއުމުގައި ބައިވެރިވާން އަހަރެން ދަޢުވަތު މިދެނީ އަހަރެންގެ ފިރިމީހާގެވެސް އިޒުނަޔާއެކުއެވެ."

ތިން މުސްކުޅިންވެސް އަންހެން މީހާގެ މޫނަށް ބަލަހައްޓައިގެން ތިބުމަށްފަހު، އޭގެ ތެރެއިން އެކަކު ބުނެއެވެ. "އަހަރެންގެ ނަމަކީ ތަނަވަސްކަން." ކައިރީގައި ހުރި އަނެއް މުސްކުޅިޔާއަށް އިޝާރަތް ކުރަމުން، "މިއީ ކާމިޔާބު". އަނެއް މުސްކުޅިމީހާއަށް އިޝާރަތް ކުރަމުން "ދެން މިހިރީ ލޯބި". އަދި ގެއަށް ވަދެ ފިރިމީހާ އާއި މަޝްވަރާކުރުމަށް ފަހު، އަހަރަމެން 3 މީހުންގެ ތެރެއިން ގެއަށް ވައްދަން ބޭނުން މީހަކު ނިންމައިގެން އަނބުރާ އައުމަށް މިމުސްކުޅި މީހާ އެދުނެވެ.

އަންހެންމީހާ، ކަންބޮޑުވެފައި ހުރެމެ، ގެއަށް ވަދެ، ކަންތައް ވެގެން ދިޔަގޮތް ފިރިމީހާއަށް ކިޔައިދިނެވެ. ފިރިހެން މީހާ، އާދަޔާ ޚިލާފަށް އުފާވެފައި، އެހެން ވިއްޔާ، ތަނަވަސްކަން ގެއަށް ވައްދަން އެދުނެވެ. އަހަރަމެންގެ ގެއަށް ތަނަވަސްކަން ވަދެއްޖެ ނަމަ، މުޅި ދިރިއުޅުމުގައި ހާޞިލް ކުރަން ބޭނުން ހުރިހާ ކަމެއް ހާޞިލްވެދާނެކަމަށް ބުންޏެވެ. ނަމަވެސް މިޚިޔާލާއި، އަންހެން މީހާ ދެކޮޅު ހެދިއެވެ. ކާމިޔާބު ގެއަށް ވެއްދުން ކިހިނެއް ހޭ އެހިއެވެ. އޭރުން ދެމީހުންވެސް އަދި ދަރިފުޅުވެސް ކާމިޔާބު މީހަކަށް ވެގެން ދާނެއެވެ. ކާމިޔާބު ބަޔަކަށް ވުމުން ތަނަވަސްކަންވެސް ލިބޭނެ ކަމުގައި އަންހެން މީހާ ބުނިއެވެ. ދެމަފިރިންގެ ވާހަކަތައް އަޑުއަހަން އިން އަންހެން ދަރިފުޅު، ދެމީހުންގެ ވާހަކަ މެދު ކަނޑާލުމަށްފަހު ބުނެއެވެ. "އަހަރެން ބޭނުންވަނީ މިގެއަށް ލޯބި ވައްދަން، އޭރުން މާ ރަނގަޅުވާނެ." "އޭރުން އަހަރަމެންގެ މިގެ ލޯބިން ފުރިގެންދާނެ." ދަރިފުޅުގެ ބަސް އަޑުއިވުމުން، ދެމަފިރިން އެކުއެކީ ކަހަލަ ގޮތަކަށް އެގޮތަށް އެއްބަސްވިއެވެ.

undefined

މިކުޑަ އާއިލާގެ ނިންމުމަކީ މެހެމާނެއްގެ ގޮތުގައި ލޯބި ގެއަށް ވަންނަން ދަޢުވަތު ދިނުމަށެވެ. އަންހެން މީހާ ބޭރަށް ނުކުމެ، މިތިން މުސްކުޅިންގެ ތެރެއިން ލޯބި އެއީ ކާކުތޯ ބެލިއެވެ. އަދި އެ އާއިލާއިން ނިންމީ އެމީހުންގެ އެކުޑަ ގެއަށް ލޯބި އަށް ވަނުމަށް ދަޢުވަތު ދިނުން ކަމުގައި ބުނިއެވެ. އަންހެން މީހާގެ މިބަހާއެކު، ލޯބި އަންހެން މީހާއާއި އެކު ގެއަށް ވަންނަން ހިނގައިގަތެވެ. ދޮރު ހުޅުވާލުމާއެކު، ލޯބި ގޭތެރެއަށް ވަނެވެ. ނަމަވެސް ފަހަތުން ތަނަވަސްކަން އަދި ކާމިޔާބު ބޭރުގައި މަނޑުނުކޮށް ލޯބި ފަހަތުން ގޭތެރެއަށް ވަނެވެ.

ހައިރާންވެފައި ހުރެފައި އަންހެން މީހާ ބުނެއެވެ. "އަހަރެން ހަމައެކަނި ދަޢުވަތު ދިނީ ލޯބި އަށް އެކަނި.". "ތަނަވަސްކަމާއި، ކާމިޔާބު ގެއަށް ތިވަނީ ކީއްވެ." ތިން މުސްކުޅިންގެ ތެރެއިން އެކަކު ހީލާފައި ބުންޏެވެ. "ތިބާ އަހަރަމެން ދެމީހުންގެ ތެރެއިން (ތަނަވަސްކަމައި، ކާމިޔާބު) އެކަކު އިޚްތިޔާރު ކުރިނަމަ، އަނެއް ދެމީހުން ބޭރުގައި މަޑުކުރީމު." ނަމަވެސް ތިބާ އިޚްތިޔާރު ކުރީ ލޯބި ކަމުގައި ވުމުން ލޯބި ދާ ކޮންމެތަނަކަށް ތަނަވަސްކަމާއި ކާމިޔާބު ދެމީހުން ފަހަތުން ދާކަމުގައި ބުންޏެވެ.

މި އިބްރަތްތެރި ވާހަކައިން ލިބިގެންދާ ޙިކުމަތް ނުވަތަ ފިލާވަޅަކީ، ދުނިޔޭގައި ލޯބިވާ ކޮންމެތަނެއްގައި، ކާމިޔާބާއި، ތަނަވަސްކަން ދެމިއޮންނާނެއެވެ. ކާމިޔާބާއި ތަނަވަސްކަމުގެ ތަޅުދަނޑިއަކީ ލޯތްބެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގައި ލޯބި އެކުލެވިގެންވާނަމަ، ކާމިޔާބައި ތަނަވަސްކަން ފަހަތުން އަންނާނެއެވެ.

ތަނަވަސްކަމާއި، ކާމިޔާބު ހޯދަން، އާއިލީ ހުރިހާ އުފަލެއް ގުރުބާން ކޮށްލައި، ހަމައެކަނި ދިރިއުޅެނީ ވަޒީފާއަދާކުރުމަށް ކަމުގައި ދެކިގެން އުޅެނީ އަހަރަމެންގެ ތެރެއިން ކިތައް މީހުން ބާވައެވެ؟ އާއިލީ އުފާތަކާއި ލޯތްބަށް ވުރެ ބޮޑު އިސްކަމެއް، ގިނަ މީހުންނަށް ދެވެނީ ފައިސާއާއި، ކާމިޔާބު ލިބިގަތުމަށެވެ. ނަމަވެސް މި އިބްރަތްތެރި ވާހަކައިންވެސް އެނިގިގެން ދަނީ ލޯތްބާއި ނުލައި ހޯދޭ ތަނަވަސްކަމެއް އަދި ކާމިޔާބެއްގެ އެއްވެސް އަގެއް ނެތްކަމެވެ.

އަޅުގަނޑުމެން މުސްލިމުންނަށް ވީތީ، ﷲގެ މަގުގައި ސާބިތުވެ، ހެޔުޢަމަލުތަށް ގިނަކުރުމާއިއެކު، އަޚުންނާއި އުޚުތުންނަށް ހިތް ޚަލާސްކޮށް، ތިމާއަށް ހެޔޮގޮތް ވުމަށް އެދެފަދައިން ތިމާގެ އަޚުންނާއި އުޚުތުންނަށް ހެޔޮގޮތް މިންވަރުކޮށްދިނުމަށް އެދޭށެވެ. އެއްބަޑު އެއްބަފާކަމުގެ ގުޅުމާއި މައިވަންތަ ލޯބި ދަމަހައްޓަން މަސައްކަތް ކުރާށެވެ. ހަމައެޔާއެކު، މިސްކިތްތަކުން ފަސްވަގުތު ބަންގީގައި އެގޮވާ ފަލާހާއި ކާމިޔާބު ލިބިގަތުމަށް އަވަސްވެގަންނާށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ