logoEN
WAMCO TOP 1
އަމީނިއްޔާ ސްކޫލުގެ 103 ދަރިވަރުން ފުރާވަރު ކޭމްޕު ފުރިހަމަކޮށްފި

އަމީނިއްޔާ ސްކޫލުގެ 103 ދަރިވަރުން ފުރާވަރު ކޭމްޕު ފުރިހަމަކޮށްފި

އައިޝަތު އިފާޝާ

logo

2/26/2023, 1:30:55 PM

13_f1a23245eb

އަމީނިއްޔާ ސްކޫލުގެ 103 ދަރިވަރުންނާއެކު މި މަހު 23 އިން 25 އަށް 99 ވަނަ ފުރާވަރު ކޭމްޕު އަމީނިއްޔާ ސްކޫލުގައި ކުރިއަށް ގެންގޮސްފިއެވެ.

THE TRAVELLER AD

ކޭމްޕު ނިންމުމަށް އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޭމްޕުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙްމަދު މަހުލޫފްއެވެ.

މި ރަސްމިއްޔާތުގައި ހެޑް އޮފް ޕޮލިސް ކޯޕަރޭޓް ސަރވިސަސް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން، ހެޑް އޮފް ކޮމިއުނިކޭޝަން އެންޑް ޕަބްލިކް އެފެއާޒް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް ޒުހުރީ، ހެޑް އޮފް ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަސީރު އަދި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން އަޙްމަދާއި އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލުންނާއި ސްކޫލުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި، މި ކޭމްޕަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންއެވެ. ކޭމްޕުގެ މުދައްރިބުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް ޒުހުރީއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން، އަމީނިއްޔާ ސްކޫލްގައި ތައުލީމު ހާސިލުކުރަމުންދާ ފުރާވަރު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ މި ކޭމްޕު 58 އަންހެން ދަރިވަރުންނާއި 45 ފިރިހެން ދަރިވަރުން ހިމެނޭހެން 103 ދަރިވަރުން ފުރިހަމަކޮށްފައިވެއެވެ.

މި ކޭމްޕުގައި، ސްކޫލް ދަރިވަރުންނާ ގުޅުންހުރި މައުލޫތަކާ ގުޅޭގޮތުން އަމީނިއްޔާ ސްކޫލުގެ 167 މުދައްރިސުންނާއި 163 ބެލެނިވެރިންނަށް މައުލޫމާތުދީފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC