ކުލަބް ވޯލްޑްކަޕް ތައްޓާއެކު ބަޔާނުން ތާރިހުގެ ތެރެޔަށް

ޓައިގެރސް ޔޫއެންއެލް ބަލިކޮށް ކުލަބް ވޯލްޑް ކަޕް ތަށި ނަގައި ބަޔާން މިޔުނިކުން ހަ ތައްޓާއި އެކު ސީޒަނުގެ ސެކްޓިއުޕަލް ފުރިހަމަކޮށްފިއެވެ.

މި މުބާރާތާއި އެކު ބަޔާނުން ވަނީ މިދިޔަ ސީޒަނުގައި ބުންޑަސްލީގު , ޗެމްޕިއަންސް ލީގް , ޖަރުމަން ސުޕާކަޕް , ޔޫއެފާ ސުޕާކަޕް އަދި  ޖަރުމަން ކަޕް ކާމިޔާބުކޮށް ސެކްސްޓިއުޕަލް ފުރިމަކުރި ދެވަނަ ޓީމަށްވެފަައެވެ. ސެކްޓިއުޕަލް ފުރިހަމަކުރި ފުރަތަމަ ޓީމަކީ 2009 ވަނަ އަހަރު ސްޕޭނުގެ ބާސެލޯނާއެވެ.

ކްލަބް ވޯލްޑް ކަޕް ފައިނަލިގައި ބަޔާނުން ކުރިހޯދީ 1-0 ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނުނު މިމެޗު ގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ބަޔާނުގެ ޑިފެންޑަރު އަދި ފްރާންސް އަށް އުފަން ބެންޖަމިން ޕަވާޑް އެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ހާފު ފަށައިގެން ’59 ވަނަ މިނެޓުގައި ލެވަންޑޮސްކީ ބޮލުން ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަ ކީޕަރު އަތުގަ ޖެހިފައި ރީ ބައުންސްގައި ފައިން ޖަހާ ގޯލުގެ ތެރެޔަށް ވައްދާލައިގެންނެވެ.

ބަޔާނުން ވަނީ މި މުބާރަތް 2013 އަހަރުގެ މުބާރާތާއި އެކީ ޖުމްލަ ދެފަހަކަށް ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް