ފިރުޝާންގެ ކަނާތު ފައި ބުރިކޮށްލައިފި

ބޯމައްޗަށް ސީލިންގ ވެއްޓި މިދިޔަ ހޮނިހިރި ދުވަހު ސީރިއަސް އަނިޔާތަކެއް ލިބުނު، ގދ. ގައްދޫއަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ މުހައްމަދު ފިރުޝާން ގެ ކަނާތު ފައި ބުރިކޮށްލާފައިވާ ކަމަށް އާއިލާއިން ބުނެފިއެވެ.

ފިރުޝާންގެ އާއިލާއިން ބުނީ ތިނަދޫ މާލެ ގެންދިޔަ ފަހުން ފިރުޝާންގެ އިތުރު ދެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އިއްޔެ ކުރި އޮޕަރޭޝަނުން ފިރުޝާންގެ ކަނާތު ފައި ކަކުލު ހުޅަށްވުރެ ތަންކޮޅެއް މަތިން ބުރިކޮށްލާފައިވާ ކަމަށެވެ.

ތިންތަނުން ބިންދައިގެން ގޮސް ހުރި ފިރުޝާންގެ ފައި ބުރިކޮށްލާފައިވަނީ ލިބުނު އަނިޔާތަކުގެ ސަބަބުން ފުރާނައަށް ނުރައްކާ އޮތުމުން ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ.

ފިރުޝާންގެ ބޯމައްޗަށް ސީލިންގް ވެއްޓިފައިވަނީ ރަހުމަތްތެރިންނާއި އެކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ އެ އަތޮޅު ލޮނަދޫހުއްޓާއަށް ދަތުރު ގޮސްހުއްޓައި އެތަނުގައި ހުރި އިމާރާތެއްގެ ތެރޭ ސަކަރާތް ޖަހަން އުޅުމުގެ ތެރޭގައެވެ.

ފިރުޝާނަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. އެގޮތުން ކަނާތު ފައިގެ ތިން ތަނެއް ބިންދައިގެން ގޮސްފައިވެއެވެ. މީގެ އިތުރުން ބޮލަށާއި އެތެރެހައްޓަށްވެސް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް