ގދ. ތިނަދޫގައި ބޭސް ޑެލިވަރީ ކުރުމުގެ ހިދުމަތް ސަދަން މެޑިކަލް ސެންޓަރ (އެސްއެމްސީ) އިން ފަށައިފިއެވެ.
އެސްއެމްސީއިން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން ގދ. ތިނަދޫގައިވާ ގެތަކާއި ފެރީތަކަށް ބޭސް ޑެލިވަރީ ކޮށްދިނުމުގެ ޙިދުމަތް ވަނީ ފަށާފައެވެ. އެގޮތުން ހުވަދު އަތޮޅުގެ ރަށްތަކުން ތިނަދޫއަށް ދަތުރުކުރާ ފެރީތަކާއި ތިނަދޫގެ ގޭބިސީތަކަށް މި ހިދުމަތް ވަނީ ހުޅުވާލާފައެވެ.
ބޭސް ސިޓީ، އައިޑީކާޑު ފޮޓޯ އަދި ޑެލިވަރީ ކުރަން ބޭނުންވާ އެޑްރެސް އާއި އެކު 7210011 ނަންބަރަށް ވައިބާރ ކޮށްލުމުން މި ހިދުމަތް ލިބިގެންދާނެކަމަށް އެ ސެންޓަރުން ވަނީ ހާމަކޮށްފައެވެ.
ގދ. ތިނަދޫ އިން ކޮވިޑް -19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން ތިނަދޫ މޮނިޓަރިންގ ގެ ހާލަތަށް ލާފައިވާއިރު މި ހިދުމަތް ވެގެންދާނީ އާންމުންނަށް ވަރަށް ލުއިފަސޭހަ ހިދުމަތަކަށެވެ.
ބޭސްފިހާރައިގެ ޚިދުމަތް ދެމުން އަންނަ މި ސެންޓަރުން އަވަސް މުސްތަގުބަލެއްގައި ލެބޯޓްރީ އަދި އެކްސްރޭގެ ޚިދުމަތް ފެށިގެންދާނެއެވެ. އަދި އާސަންދަ ހިދުމަތް ލިބޭ ފާމަސީ އެއްވެސް އެ ސެންޓަރުގައި ވަނީ ގާއިމު ކުރެވިފައެވެ.