logoEN
ކޮކާކޯލާ
ޝަރީއަތް ނިމެންދެން ނިހާންގެ ޕާސްޕޯޓް ހިފަހައްޓައިފި

ޝަރީއަތް ނިމެންދެން ނިހާންގެ ޕާސްޕޯޓް ހިފަހައްޓައިފި

އަހުމަދު ޝުރާއު

logo

2/11/2021, 7:42:13 PM

200809_3_1f5ab5cc9b86a159ae3e2f23ff9d414503f52299_medium

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިމެންދެން ނުވަތަ ޝަރީއަތުން އެހެން ވަކި ގޮތެއް ކަނޑައަޅަންދެން ނިހާންގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އަބުޅޯ

ނިހާންގެ މައްޗަށް ވަނީ ދައުލަތުން ހަ ދައުވާއެއް ކޮށްފައި އެވެ. އެގޮތުން ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދަޢުވާ, މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާ, ރިޝްވަތު ލިބި ދިނުމަށް އެދުމުގެ ކުށުގެ ދެ ދަޢުވާއެއް ވަނީ ނިހާމް މައްޗަށް ކޮށްފައިއެވެ.

ނިހާންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ފުރަތަމަ ޝަރީއަތުގެ އަޑުއެހުން މިއަދު ވަނީ ބާއްވާފައިއެވެ. މި އަޑުއެހުމުގައި ނިހާން ފިލައިގެން ހިނގައިދާނެ ކަމަށް ބެލެވޭތީ ދައުލަތުގެ ފަރާތުން ވަނީ ނިހާންގެ ޕާސްޕޯޓް ހިފަހައްޓައިދިނުމުގެ އަމުރަކަށް އެދިވަޑައިގެންފައެވެ.

މިއާއި އެކު ގާޒީ ވަނީ އެ ކަމުގައި ނިހާންގެ އެއްވެސް އިއުތިރާޒެއް އޮތްތޯ ސުވާލު ކުރައްވައިފައެވެ. ނިހާން ވަނީ އޭނާގެ އެއްވެސް އިއުތިރާޒެއް ނެތް ކަމުގައި ވިދާޅުވެ ޕާސްޕޯޓް ހިފެހެއްޓިއަސް އަދި ނުހިފެހެއްޓިއަސް އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި އޭނާއަކި އެއްވެސް ހާލަތެއްގައި ފިލައިގެން ގައުމުން ފުރައިގެން ދާނެ މީހެއް ނޫން ކަން ފާހަގަކުރައްވާފައިއެވެ. އެހެންކަމުން ޝަރީއަތުން ވެސް މައްސަލަ އަވަހަށް ނިމެން ބޭނުންވާތީވެ މައްސަލަ ބައްލަވާ ގާޒީ ވަނީ ޝަރީއަތް ނިމެންދެން ނުވަތަ ޝަރީއަތުން ވަކި އެހެން ގޮތެއް ކަނޑައަޅަން ދެން ނިހާންގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ކުރައްވާފައިއެވެ.

ޝަރީއަތުގެ އަޑުއެހުމަށް މިއަދު ނިހާން ހާޒިރުވެ އިންނެވީ ވަކީލަކާ ނުލައެވެ. އެހެންވެ މައްސަލަ ބައްލަވާ ގާޒީ ވަނީ ވަކީލަކު ހަމަޖައްސަވަން މުއްދަތެއް ބޭނުންވޭތޯ ނުވަތަ ވަކީލަކާ ނުލާ ކުރިއަށް ދާނީތޯ ނިހާނަށް ސުވާލު ކުރައްވައިފައެވެ. ޖަވާބުގައި ނިހާން ވިދާޅުވީ އޭނާ ވަކީލަކާ އެކު ކުރިއަށް ދާން ބޭނުންވާ ކަމަށެވެ. އަދި އެ ކަމަށް ގާތްގަނޑަކަށް 15 ދުވަހުގެ ފުރުސަތެއް ދެއްވުމަށް ނިހާން އެދިވަޑައިގަތެވެ. ނަމަވެސް ގާޒީ ގާޒީ ވަނީ ނިހާނަށް ވަކީލަކު ހަމަޖައްސަވަން 10 ދުވަހުގެ ފުރުސަތެއް ދެއްވައިފައެވެ. ސަބަބެއް ކަމަށް ގާޒީ ވިދާޅުވީ ފުރަތަމަ ފުރުސަތު ދެއްވަން އޮންނަނީ 10 ދުވަހުގެ މުއްދަތެއް ކަމަށް ވުމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ