logoEN
ޕީއެންސީ 2
ރާއްޖޭގެ ފުޓްބޯޅަ ހަލާކު ކުރަނީ ޝަވީދު - އެމްޕީ ނަޝީދު

ރާއްޖޭގެ ފުޓްބޯޅަ ހަލާކު ކުރަނީ ޝަވީދު - އެމްޕީ ނަޝީދު

އަހުމަދު ޝުރާއު

logo

2/11/2021, 11:31:07 AM

shaweed

ރާއްޖޭގެ ފުޓުބޯޅަ އޮތީ އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު ޝަވީދު އަތްދަށު ވެފައި ކަމަށާއި ފުޓުބޯޅަ ހަލާކުކުރަމުން ދަނީ އޭނާ ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮޮސްޓާ) ތުހުމަތު ކުރައްވައިފި އެވެ.

ޝަރީ 2024

މޮސްޓާ މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ އިއްޔެ މަޖިލީހުގެ ބޭއްވުނު ޖަލްސާގައި މެދުހެންވޭރު ދާއިރާގެ މެމްބަަރު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައެއް ކަމުގައިވާ ޔޫތް މިނިސްޓްރީއިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މެދު ފިޔަވަޅު ނޭޅި މައްސަލަ ދިރާސާކޮށް އިޖްތިމާއީ ކޮމެޓީއިން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓަށް ބަހުސްކުރަމުންނެވެ. މޮސްޓާ ވިދާޅުވި ގޮތުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިގަންނަ ކަމަށާއި ރާއްޖޭގެ ފުޓުބޯޅަ އޮތީ ޝަވީދު އަތް ދަށުވެފައި ކަމަށެވެ. އެގޮތުން އެފްއޭއެމް އިން ހިތުހުރިހާ ގޮތަކަށް ދިވެހި ފުޓްބޯޅަ ހަލާކުރަމުންދާއިރު މިކަންތަކަށް އެންމެ ބޮޑަށް ހިތްވަރު ދެމުންދަނީ ޝަވީދު ކަމަށާއި މިދިޔަ ސަރުކާރާރަށްވެސް އަދި ރައީސް ސޯލިހްގެ ސަރުކާރަށްވެސް އޭނާގެ ކިބައިން ދިވެހި ފުޓްބޯޅަ ސަލަމާތް ނުކުރެވުނު ކަމަށްވެސް މޮސްޓާ ވިދާޅުވި އެވެ. އެހެން ކަމުން ދިވެހި ފުޓްބޯޅަ މިކަންތަށްތަކުން ސަލާމަތް ކުރުމަށް މަޖިލީހުގެ މެމްބަރުންނަށާއި ، ރައީސް ސޯލިހުއަށާއި ޔޫތް މިނިސްޓަރ މަހްލޫފްއަށް މޮސްޓާ ވަނީ ގޮވާލައްވާފައިއެވެ.

މޮސްޓާ އިތުރަށް ވިދާޅުވިގޮތުގައި ޒުވާނުންނަށް ބޭނުންވަނީ ނާޗަރަންގީ ޖަހަގަތަށް ނޫންކަމަށާއި ދިވެހި ޒުވާނުން ބޭނުންވަނީ ނިއުރޭޑިއަންޓާއި ވިކްޓްރީ ފަދަ ނުހައްގުން އަދަބުދީފައިވާ ކްލަބްތަށް ގަލޮޅު ދަނޑަށް އަނބުރާ ގެނެސް ފުޓްބޯޅަ ކުޅޭނެ މާހައުލެއް އުފެއްދުން ކަމަށެވެ. އެހެން ނޫންނަމަ ޒުވާނުން ވާނީ ވަގުމަތި ކަމަށްވެސް މޮސްޓާރ ފާހަގަކުރެއްވި އެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮޮސްޓާ) އަކީ ރާއްޖޭ އެންމެ ކާމިޔާބު އެއް ކްލަބް ކަމުގައިވާ ނިއުރޭޑިއަންޓުގެ ޗެއާމަންއެވެ.

ނިއުރޭޑިއަންޓާއި ވިކްޓްރީގެ ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ އެފްއޭއެމުން ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކުއްލި ގޮތަކަށް އެ ދެކްލަބް ސަސްޕެންޑްކުރުމުންނެވެ. ނިއު އިން ތުހުމަތުކުރާ ގޮތުގައި އެ ކްލަބް ސަސްޕެންޑްކުރީ އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ހުށަހަޅަން އުޅުނީތީއެވެ. ސަބަބަކީ ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބެއް ފިޔަވައި ހުރިހާ ކްލަބަކުން މުސާރަ ނުދިނުމުގެ މައްސަލަތައް އެފްއޭއެމް އަށް ހުށަހަޅައި އޭގެ ތެރޭގައި ނިއު އަށް ވުރެ ގިނަ ދުވަސްވީ މައްސަލަތައް ހުއްޓާ އެ ކްލަބަށް ހަމައެކަނި އަދަބު ދިނުމެވެ. އެކަމަކު އެފްއޭއެމުން އެ ތުހުމަތުތައް ވަނީ އޭރު ދޮގުކޮށްފައިއެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގަނީ އެ އެ ސޯސިއޭޝަންގެ ހިންގާ ގަވާއިދާއި، ކުޅިވަރުގެ ގާނޫނާއި ޖަމިއްޔާތަކުގެ ގަވާއިދާ ހިލާފަށް ކަމަަށް ބުނެ، ސްޕޯޓްސް މިނިސްޓްރީން ފިޔަވަޅު އަޅަން ގޮވާލައި މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް މަޖިލީހަށް މައްސަލަ ހުށަހަޅައިފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ