"މަގޭ ފްލެޓް ކޮބާ؟" ގެ ނަމުގައި އިދިކޮޅުން އިހްތިޖާޖަށް

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އިއުލާންކުރި ހިޔާ ފްލެޓްތަކުގެ ތެރެއިން ކުރިން ފްލެޓް ލިބުނު އެހެންނަމަވެސް ފަހުން ނެރުނު ލިސްޓްގައި ނަން ނުހިމެނުނު މީހުންގެ ޙައްޤުގައި އިދިކޮޅުން އިހްތިތާޖުކުރުމަށް ނިންމައިފި އެވެ.ހުކުރު ދުވަހުގެ ހަވީރު "މަގޭ ފްލެޓް ކޮބާ" ގެ ނަމުގައި އިހުތިޖާޖަށް ނުކުންނަން ނިންމާފައިވާކަން ހާމަކުރީ އިދިކޮޅު ކޯލިޝަންނުންނެވެ. އަދި މި އިހުތިޖާޖަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުން ހާމަކުރުމަށް ގިނަ ރައްޔިތުންތަކެއްގެ އެދުމުގެ މަތިން އިންތިޒާމްކުރާ ހަރަކާތެއް ކަމަށް އިދިކޮޅުން ބުނެއެވެ.

ބޯހިޔާވަހި ކަމުގެ ޙައްޤުން މަޙްރޫމުވެފައިވާ އެންމެން މި އިހުތިޖާޖުގައި ބައިވެރިވުމަށް އިދިކޮޅުން އަންނަނީ ގޮވާލަމުންނެވެ. އަދި ކުރިން ހިޔާ ފްލެޓް ލިބުނު އެހެންނަމަވެސް ފަހުން ނެރުނު ލިސްޓްގައި ނަން ނުހިމެނުނު މީހުން ވެސް މި އިހްތިޖާޖުގައި ބައިވެރިވުމަށް އިދިކޮޅުން އެދެއެވެ.

ހިޔާ ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފައިވަނީ އަންގާރު ދުވަހުގެ ރެއެވެ. އާންމު ކުރި ދާއިމީ ލިސްޓަކީ ފްލެޓް ކޮމެޓީއިން ދިރާސާ ކުރުމަށްފަހު އާންމު ކުރި ދާއިމީ ލިސްޓެކެވެ. ލިސްޓު އާންމު ކުރުމާއި އެކު ގިނަ ބައެއްގެ ނަރުހުން ވަނީ ސަރުކާރަށް އަމާޒުވެފައިއެވެ. އަދި އިދިކޮޅުން ވަނީ ސަރުކާރުން ފްލެޓް ފޭރިގަނެގައިވާ ފަރާތަކަށް ޕީޕީއެމްގެ ސަރުކާރެއްގައި ފްލެޓް ހޯދާދިނުމަކީ މިއަދުންފެށިގެންވެެސް ޕީޕީއެމްގެ ރިޔާސީ ވަޢުދެއް ކަމަށް ވިދާޅުވެފައިއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް