ކުލަބުތަކާއި ކުޅުންތެރިންގެ ދިފާއުގައި ދަގަނޑޭ

ރާއްޖޭގެ ފުރަތަމަ ޑިވިޝަން ހަމައެކަނި ފުޓްބޯޅަ ލީގުކަމަށްވާ ދިރާގު ދިވެހި ޕްރިމެޔާ ލީގު ކުއްލިގޮތަކަށް ހުއްޓާލަން ޖެހުމާއި ގުޅިގެން ކުލަބުތަކަށް ލިބެމުންދާ ގެއްލުންތަކަށް ހައްލެއް ހޯދައިދިނުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްފީއޭ) އަށާއި ސިއްހީ އިދާރާތަކަށް ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް ( ދަނގަޑޭ ) ގޮވާލައިފިއެވެ .

އަޝްފާގު މިހެން ބުނެފައިވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ އަށް ކުލަބުގެ ކުޅުންތެރިންނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ފުރަތަމަ ޑިވިޝަންގެ އެކި ކްލަބްތަކަށް ކުޅޭ ރާއްޖޭގެ ފާހަގަކޮށްލެވޭ ގިނަ އަދަދެއްގައި ތަޖުރިބާކާރު ކުޅުންތެރިންތަކެއް ވަނީ ބައިވެރިވެފައެވެ .

"އަޅުގަނޑު އެދެނީ ލީގާއި ޕްރެކްޓިސް ހުއްޓާލާފައި މިހެން އޮތުމުން މި ލިބޭ ގެއްލުންތައް ކުޑަކުރެވޭތޯ މަސައްކަތްކުރުން. އަދި ވީ އެންމެ އަވަހަކަށް ރަސްމީ އިދާރާތަކުން ވިސްނައި މިކަމަށް ހައްލެއް ހޯދައިދިނުމަށް. އުއްމީދަކީ ވީ އެންމެ އަވަަހަށް ޕްރެކްޓިސްތަކާއި ފުޓްބޯޅައިގެ ކަންކަން ފެށިގެންދިޔުން " ނޫސްވެރިންގެ ބައްދަލުވުމުގައި އަޝްފާގް ބުންޏެވެ.

ދަނގަޑޭ ވަނީ ކޮވިޑް 19 އާއި ދެކޮޅަށް ސިއްހީ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގުވަޒަންކޮށްފައެވެ. އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިކަމުން އަރައިގަތުމަށް ކުރައްވަމުން މަސައްކަތްތަކަށްވެސް ތައުރީފުކޮށްފައެވެ .

ކުލަބްތަށް ތަމްސީލުކުރި ގިނަ ކުޅުންތެރިން ފާޅުކުރި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ނުކުޅެ ގިނަދުވަސް ވުމުން ލިބޭ ގެއްލުންތައް ވާހަކައެވެ. ކުޅުންތެރިން ގެ އުއްމީދަކީ އެންމެ އަވަހަށް  ކްލަބްތަކަށް ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް އިސްލާހުކޮށް ފުޓްބޯޅަ ހަރަކާތްތައް ފެށުމެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް