logoEN
ޕީއެންސީ 2
ވަރލްޑް ބޭންކުން ރާއްޖެއަށް އިތުރު 21.6 މިލިއަން ޑޮލަރުގެ ފައިސާގެ އެހީ!

ވަރލްޑް ބޭންކުން ރާއްޖެއަށް އިތުރު 21.6 މިލިއަން ޑޮލަރުގެ ފައިސާގެ އެހީ!

އަހުމަދު ޝުރާއު

logo

2/11/2021, 1:03:37 PM

worldbank1

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރި އަސަރާއި އެކު ވަރލްޑް ބޭންކުން ރާއްޖެއަށް އިތުރު 21.6 މިލިއަން ޑޮލަރުގެ ފައިސާގެ އެހީ ދޭން ނިންމައިފިއެވެ.

ޝަރީ 2024

ވަރލްޑް ބޭންކުން ރާއްޖެއަށް ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އާންމު މަސައްކަތްތެރިންނަށާއި އެފަރާތްތަކުގެ އައިލާތަކަށް ކުރިމަތިވި ގޮންޖެހުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ. އެގޮތުން ވަރލްޑް ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ފައިސާއިން ދިވެހި ސަރުކާރުން މިހާރު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ކޮވިޑް-19 އެމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓަށް އެހީވާނެކަމަށެވެ. މީގެ ސަބަބުން ދިވެހި ސަރުކާރުގެ އިންކަމް ސަޕޯޓް އެލަވަންސް ސްކީމް ދިގުދައްމާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވަރލްޑް ބޭންކުން ބުނެއެވެ.

ވަރލްޑް ބޭންކުން ވަނީ މީގެ ކުރިން ދިވެހި ސަރުކާރުގެ އިންކަމް ސަޕޯޓް ޕްރޮޖެކްޓަށް ތާއިދުކޮށް 2021 ވަނަ އަހަރުގެ ޖޫން މަހު މި ޕްރޮޖެކްޓަށް 12.8 މިލިއަން ޑޮލަރު ފަންޑުކޮށްދީފައެވެ. މިއާއެކު ވަރލްޑް ބޭންކުން ވަނީ ދިވެހި ސަރުކާރުގެ އެމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓަށް 34.4 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި 6.4 މިލިއަން ޑޮލަރުގެ ގްރާންޓް އެހީ އާއި 6.4 މިލިއަން ޑޮލަރުގެ ކްރެޑިޓް އެހީ ހިމެނެއެވެ.

މި 21.6 މިލިއަން ޑޮލަރުގެ އެހީއަކީ ވަރލްޑް ބޭންކްގެ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އެސޯސިއޭޝަން (އައިޑީއޭ) މެދުވެރިކޮށް ފޯރުކޮށްދޭ އެހީއެކެވެ.

ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލި އާމްދަނީ ލިބުން ހުއްޓުނު ފަރާތްތަކަށް ދިވެހި ސަރުކާރުން އިންކަމް ސަޕޯޓް އެލަވަންސް ތައާރަފްކުރި ފަހުން މިއަހަރުގެ ޖެނުއަރީ މަސް ނިމުމާ ހަމައަށް 17,710 ފަރާތަކަށް 264.6 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވާ ކޮންމެ މީހަކަށް ވެސް ކޮންމެ މަހަކު ގިނަ ވެގެން ލިބޭނީ 5،000 ރުފިޔާއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ