އަނދައަނދާ ހުރި ގެއެއްގެ ތެރެއަށް ވަދެ ކޮއްކޮ ސަލާމަތްކުރީ 7 އަހަރުގެ ބޭބެ

އީލައި ނަމަކަށް ކިޔާ އެންމެ 7 އަހަރުގެ ފިރިހެން ކުއްޖަކު މިވަނީ ކުޑަދޮރަކުން އަނދައަނދައިހުރި އޭނާގެ ގޭގެ ތެރެއަށް ފުންމާލައި 22 މަހުގެ ކޮއްކޮ ސަލާމަތް ކޮށްފައެވެ.

މި ހާދިސާ ހިނގީ އެމެރިކާގެ ނިއު ޓޭޒްވެލްގައެވެ. އާދައިގެމަތިން ކްރިސް އަދި ނިކޯލް އޭނާގެ ތިން ދަރިންނަށް ކާންދިނުމަށްފަހު އެރޭވެސް ނިދަން އެރީ 8:30 ވީ އިރުއެވެ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ އެނާ އަށް ހޭލެވުނީ ވަރަށް ގަދައަށް ދުން ވަސް ދުވާތީއެވެ. އަދި އޭގެ އިރުކޮޅެއްފަހުން މުޅި ގޭގައި އޮތީ އަލިފާން ހިފާފައެވެ.

އެމީހުން ވަނީ ވަގުތުން 2 އަހަރުގެ އެލައިޖާ އަދި އީލައި ގޮވައިގެން ގެއިން ބޭރަށް ނުކުމެފައެވެ. ނަމަވެސް 22 މަހުގެ އެރިން ކޮޓަރީގައި ތާށިވެފައި އޮތުމާއެކު އެރިން ގޮވައިގެން ނުކުމެވޭގޮތެއް ނުވިއެވެ. އެހެންކަމުން އެމީހުން ނިންމީ ބޭރަށް ނުކުމެ ބޭރުގަ ހުރި ކުޑަދޮރަކުން އެތެރެއަށް ފުންމާލައި އެރިން ސަލާމަތް ކުރުމަށެވެ.

ކްރިސް ބޭރަށް ނުކުމެ ކުޑަދޮރުން ވަދެވޭތޯ ބެލިއެވެ. ނަމަވެސް ކުޑަދޮރު މާ އުސްވެފައި އޭނާއަށް އެރޭނެ އެއްވެސް ގޮތެއް ނެތުމުން އޭނާ ވަނީ އީލައި ކުޑަދޮރާދިމާލަށް އުފުއްލާފައެވެ. އަދި ކުޑަދޮރުން އެތެރެއަށް ވަދެ އީލައި ވަނީ އޭނާގެ ކޮއްކޮ ސަލާމަތް ކޮށްފައެވެ.

" އަހަރެން ވަރަށް ބިރުގަތް. އެކަމަކު އަހަރެން ބޭނުމެއް ނުވި އަހަރެންގެ ކޮއްކޮ މަރުވާކަށް " އީލައި ބުންޏެވެ. އޭނާގެ ބައްޕަވެސް ބުނީ އޭނާ ދެކެ ވަރަށް ފަހުރުވެރިވާ ކަމަށާއި އޭނާ ކުރީ ބޮޑު ފިރިހެނަކުވެސް ނުކުރާނެ ވަރުގެ ކަމެއް ކަމަށެވެ.

ހާދިސާ ހިނގި ތަނަށް 20 އަލިފާން ނިއްވާ މީހުން އައެވެ. ނަމަވެސް އޭރު އެ ގޭގައި ވަނީ ވަރަށް ގަދައަށް އަލިފާން ރޯވެފައެވެ. އަދި އޭގެ އަނެއްދުވަސް ވީ އިރު އެ ގެ ހުރީ އެއްކޮށް އަދާފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް