ޕެސިފިކް ކަނޑަށް ބާރުގަދަ ދެ ބިންހެލުމެއް

ޕެސިފިކް ކަނޑުގެ ސަރަހައްދަށް ބާރުގަދަ ދެ ބިންހެލުމެއް އައިސްފިއެވެ.

ބާރުގަދަ މި ދެ ބިންހެލުމާއި ގުޅިގެން އޮސްޓްރޭލިއާގެ ބައެއް ސަރަހައްދުތަކަށް ސުނާމީ އަރާފާނެ ކަމުގެ އިންޒާރު މިހާރު ވަނީ ދީފައިއެވެ. މިއާއި އެކު އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަށް މިހާރު ވަނީ  އެލާޓަށް ގެނެވިފައިއެވެ. އޮސްޓްރޭލިއާގެ އިތުރުން ނިއުޒިލެންޑް ސަރަހައްދަށާއި ފިޖީއަށް ވެސް ވެސް ވަނީ ސުނާމީގެ އިންޒާރު ދީފައި އެވެ.

އޮސްޓްރޭލިއާ ކައިރިއަށް އައި މި ބިންހެލުންތަކުގެ ތެރެއިން ފުރަތަމަ ބިންހެލުމުގެ މާރުމިނުގައި ރިކްޓަރ މިންގަނޑުން 5.6 ރިކޯޑްކުރެވިފައިވެއެވެ. އަދި އޭގެ ގަޑިއެއްހާއިރު ފަހުން އުފެދުނު ދެވަނަ ބިންހެލުމަކީ ރިކްޓަރ މިންގަނޑުން 7.7 ގެ ބާރުމިނުގެ ބިންހެލުމެކެވެ. މި ބިންހެލުންތަކާ ގުޅިގެން ސުނާމީއެއް އަރާފާނެކަމުގެ އިންޒާރު ދީފައިވާއިރު، ކަނޑުގެ ލޮނުގަނޑުގެ އުސްމިންތަކަށް އަންނަ ބަދަލުތަކަށް ބަލައި، ސުނާމީއެއް އެރުން ވަރަށް އެކަށީގެންވާކަމަށްވެސް ވަނީ ލަފާ ކޮށްފައެވެ.

އޭގެ އިތުރުން، މޫދާއި ކަނޑުގެ ސަރަޙައްދާ ވީހާވެސް ދުރަށްގޮސް، ރައްކާތެރި ހިސާބުތަކަށް ދިއުމަށް ގޮވާލާފައިވާއިރު، މިވަގުތު ސުނާމީގެ އިންޒާރު ނެރިފައިވަނީ ނިއު ކެލެޑޯނިއާއާ ކައިރި ސަރަޙައްދުތަކަށެވެ. އަދި އޮސްޓްރޭލިއާގެ މައި ސްޓޭޓުތަކަށް އަދި ސުނާމީގެ އިންޒާރު ނެރެފައެއް ނުވެއެވެ.

ނިއު ކެލެޑޯނިއާގެ ލޯޔަލްޓީ އައިލެންޑްސްއަކީ އޮސްޓްރޭލިއާގެ މައި ބިމާއި 1800 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް