ކޮވިޝީލްޑް ވެކްސިން ބޭނުންކުރުމުގެ ހުއްދަ ޑަބްލިއުއެޗްއޯއިން ދީފި

އޮކްސްފޯޑް-އެސްޓްރަޒެނެކާ އާއި އިންޑިއާގެ ސިރަމް އިންސްޓިއުޓް އިން އުފެއްދި ކޮވިޝީލްޑް ވެކްސިން ބޭނުން ކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ހުއްދަ ދީފިއެވެ.

ޑަބްލިއުއެޗްއޯއިން ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމަށް ދީފައިވަނީ ވަގުތީ ހުއްދައެވެ. އަދި ހުއްދަ ދީފައި ވަނީ 18 އަހަރުން މަތީގެ މީހުންނަށް ބޭނުން ކުރުމަށެވެ.

ޑަބްލިއުއެޗްއޯ އިން މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައައިވަނީ އެޖަމައްޔާއިން މިރޭ ބޭއްވި ހާއްސަ ނޫސްކޮންފަރެންސެއްގައި އެވެ. އެގޮތުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ޑަބްލިވްއެޗްއޯގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާޓްސް އޮން އިމިއުނައިޒޭޝަން އިން ވަނީ މި ވެކްސިން 18 އަހަރުން މަތީގެ އެންމެންނަށް ޖެހިދާނެ ކަމަށް ބުނެފައެވެ. ޑަބްލައިއުއެޗްއޯއިން މިހެން ބުނެފައިމިވަނީ ބައެއް ގައުމުތަކުން 65 އަހަރުން މަތީގެ މީހުންނަށް މި ވެކްސިން ނުދޭން ނިންމާފައިވަނިކޮށެވެ.

(ޑަބްލިއުއެޗްއޯ) އިން ރަސްމީކޮށް ހުއްދަ ދިނުމުގެ ކުރިންވެސް ދުނިޔޭގެ ގިނަ ގައުމުތަކުން އަންނަނީ މި ވެކްސިން ބޭނުންކުރަމުންނެވެ. އެގޮތުން ރާއްޖޭގައިވެސް މި ވެކްސިން އަންނަނީ ދެމުންނެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް