ގއ. ކަނޑުހުޅުދޫ ހޯމް ކަރަންޓީންގައި ހުރި ފަރާތެއް ކޮވިޑް -19 އަށް ފައްސިވެއްޖެއެވެ.
ކަނޑުހުޅުދޫ ހެލްތު ސެންޓަރުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށު ހޯމް ކަރަންޓީނުގައި ތިބި ފަރާތްތަކެއް ބަލީގެ އަލާމާތްތަކެއް ފެނިގެން ނެގި 02 ސާމްޕަލް ތެރެއިން 01 ސާމްޕަލް ކޮވިޑް-19 އަށް ވަނީ ފައްސިވެފައިއެވެ.
ފެބްރުއަރީ 04 ވަނަ ދުވަހު ހޯމް ކަރަންޓީނަށް އައި ޖުމްލަ 04 ފަރާތެއްގެ ތެރެއިން 02 ފަރާތެއްގެ ބަލީގެ އަލާމާތްތަކެއް ހުރުމާއެކު މި މަހުގެ 08 ވަނަ ދުވަހު ނެގި ސާމްޕަލްގެ ތެރެއިން 01 ސާމްޕަލްގެ ނަތީއްޖާ ފައްސި ވުމާއި ގުޅިގެން މިހާރު އެ ފަރާތާއި އެކު ހޯމް ކަރަންޓީނުގައި ތިބި އިތުރު 3 މީހުންގެ ސާމްޕަލް ވަނީ ނަގައިފައެވެ.
ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް މިހާރު ފަށާފައިވާއިރު، މީގެ ތެރޭގައި ކުޑަކުއްޖެއްވެސް ހިމެނޭ ކަމަށާއި 04 މީހުންގެ ހޯމް ކަރަންޓީނުގެ މުއްދަތު މިއަދުން ފެށިގެން 14 ދުވަސް އިތުރުކުރެވިފައިވާ ކަމަށްވެސް "ގާފު" އަށް ވަނީ މައުލޫމާތު ލިބިފައެވެ.