ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށް މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަނީ
އައިޝަތު އިފާޝާ
2/5/2023, 9:11:11 PM
Corp-Feature-Photo-9-1
ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަންޖެހިދާނެ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ވިދާޅުވީ، އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި 06/02/2023 ވާ ހޯމަ ދުވަހު (މާދަމާ)ގެ 14:00 އިން 15:30 އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަން ޖެހިދާނެ ކަމަށެވެ.
އެގޮތުން މާފަންނުގެ މަޖީދީ މަގާއި، ފަނޑިޔާރު މަގާއި، އޯކިޑް މަގު އަދި ފަރީދީ މަގާއި، ޖަހާމުގުރި ގޯޅިއާއި، ޗަންޕާ މަގުގެ އިތުރުން، ފުނަ ގޯޅިއާއި، އަސްރުމާ ގޯޅިން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމުގައި އެކުންފުނިން ވިދާޅުވިއެވެ.
އެކުންފުނިން ވަނީ އެވަގުތުތަކުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދިވަޑައިގެންފަައެވެ.