logoEN
cocacola
މުލަކު މަސް ބަނދަރުގެ މަސައްކަތް 3 މަސް ތެރޭގައި ނިންމާލެވޭނެ - ޢާޒިމް

މުލަކު މަސް ބަނދަރުގެ މަސައްކަތް 3 މަސް ތެރޭގައި ނިންމާލެވޭނެ - ޢާޒިމް

އައިޝަތު އިފާޝާ

logo

2/4/2023, 5:30:58 AM

Azim MTCC

މުލަކުގައި ތަރައްޤީ ކުރާ މަސްބަނދަރުގެ މަސައްކަތް ކުރިއަށް އޮތް 3 މަސްތެރޭ ނިންމާލެވޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މުލަކުގައި މަސްބަނދަރު ތަރައްޤީކުރުމުގެ މަސައްކަތަކާއި ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން މަސްވެރިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢޫތަކަކީ ވަރަށް މުހިއްމު މަޝްރޫޢުތަކެއްކަމަށެވެ. މިގޮތުން މިހާރުވެސް އެކި ހިސާބުތަކުގައި މަސްކިރުވުމަށްޓަކައި މަސް ބަނދަރުތައް ތަރައްޤީކުރަމުން އަންނަކަން އާޒިމް ފާހަގަކުރެއްވިއެވެ. އާޒިމް ވިދާޅުވީ މަސް ބަނދަރުތައް ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން މުލަކުގައި ތަރައްޤީ ކުރާ މަސްބަނދަރުގެ މަސައްކަތް ކުރިއަށް އޮތް 3 މަސްތެރޭ ނިންމާލެވޭނެކަމަށެވެ.

"މިހާރުވެސް މުލަކުގައި މަސް ބަނދަރު ތަރައްގީކުރުމާއި، ހުޅުދޫއާއި، ކޫއްޑޫއާއި، ކަނޑުއޮއްގިރީގައި މަސް ބަނދަރުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށް އެބަގެންދޭ. މީގެ އިތުރަށް ހިންނަވަރުގައިވެސް މީގެ މަސައްކަތްތައްވެސް ކުރިއަށް އެބަގެންދަން. " އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.

މި މަޝްރޫޢުގެދަށުން މިކަމަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ފުންކުރުން ހިމެނެއެވެ. 56.13 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ މީމު މަސް ބަނދަރަކީ 160މީޓަރުގެ ބަނދަރެކެވެ. މީގެއިތުރަށް 68.90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 3،200އަކަ މީޓަރުގެ ސަރަޙައްދުގައި ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ