ކުރިއަށް އޮތް ވެލެންޓައިންސް ޑޭގައި ކުރީގެ ލޯބިވެރިޔާއަށް އަލްވަދާޢު ކިޔާލާށެވެ. ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރަމުންދާ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހަކީ ހުރިހާ ލޯބިވެރިންނަށް އެހާމެ އުފާވެރި ދުވަހަކަށް ނުވެއެވެ. ސިންގަލްކޮށް ތިބޭ ގިނަ މީހުންނަށްް އެދުވަހަކީ މާ މުހިންމު ދުވަހަކަށް ނުވެއެވެ.
ބައެއް މީހުންނަކީ ދާދި ފަހުން ލޯބިވެރިޔާއާ ވަކިވެ، ހިތާމައާއި ހިތްދަތިކަން ތަޖުރިބާ ކުރަމުންދާ މީހުންނަށް ވެދާނެއެވެ. އެހެން ކަމުން އެމީހުންނަށް މި ދުވަހަކީ އެހާ މުހިންމު ދުވަހަކަށް ނުވެއެވެ. މުހިންމު ވިޔަސް އެދުވަސް އެކުގައި ފާހަގަ ކުރާނެ ބައިވެރިއެއް ނެތެވެ.
އެހެންްކަމުން އެކްސް ގެ މަތިން ހަނދާން ނައްތާލުމަށް އެހީތެރިވުމުގެ ގޮތުން ޓޮއިލެޓް ޕޭޕަރު އުފައްދާ ކުންފުންޏެއް ކަމަށްވާ "ހޫ ގިވް އަ ކްރެޕް" އިން މިވަނީ ވެލެންޓައިންސްް ޑޭ އާއި ގުޅުވައިގެން ޙާއްސަ ކަމެއް ހިތްހަލާކުވެފައިވާ މީހުންނަށް މަގުފަހިކޮށްދީފައެވެ.
އެ ކުންފުނިން ދަނީ ކޮންމެވެސް ސަބަބަކާހުރެ ލޯބިވެރިޔާއާއި ވަކިވެފައިވާ މީހުންނަށް އެމީހުންގެ އެކްސް އިން ފާހާނައަށް އަޅައި ފްލަޝް ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅުނު އިރު ޕޭޕަރުގެ ޒަރިއްޔާއިންް ލިބިފައިވާ ހުރިހާ ހަނދާންތަކެއް ޓޮއިލެޓް ޕޭޕަރަށް ބަދަލުކުރުމުގެ ފުރުސަތު އެކުންފުނިން މިވަނީ ހުޅުވާލާފައެވެ. އެގޮތުން ލިބިފައިވާ ބާތްޑޭ ކާޑާާއި، އެހެނިހެން ކަރުދާސް ތަކެތި އެކުންފުންޏަށް ފޮނުވާލުމުންް އެކުންފުނިން ރިސައިކަލްކޮށްދޭނެއެވެ.