logoEN
ކޮކާކޯލާ
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީޑީސީއަށް ފައިދާގެ ގޮތުގައި 12.5 މިލިއަން ރުފިޔާ

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީޑީސީއަށް ފައިދާގެ ގޮތުގައި 12.5 މިލިއަން ރުފިޔާ

އައިޝަތު އިފާޝާ

logo

2/3/2023, 9:45:50 AM

09domestic-tourism-focus-as-tourism-leaders-meet-in-maldives

މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމް.ޓީ.ޑީ.ސީއަށް ފައިދާގެ ގޮތުގައި 12.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އަބުޅޯ

4 ވަނަ ކުއާޓަރުގައި އެމް.ޓީ.ޑީ.ސީއަށް ފައިދާގެ ގޮތުގައި ލިބުނު އަދަދަކީ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރުގައި ލިބުނު ފައިދާގެ އަދަދުކަމުގައިވާ 11.6 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު، 7.5 އިންސައްތަ އިތުރު އަދަދެކެވެ.

އެމް.ޓީ.ޑީ.ސީން އާއްމުކޮށްފައިވާ އެކުންފުނީގެ މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެ ކުއާޓަރގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 1834361 (އެއް މިލިއަން އަށް ލައްކަ ތިރީސް ހަތަރު ހާސް ތިން ސަތޭކަ ފަސްދޮޅަސް އެކެއް) ޑޮލަރު ނުވަތަ 28.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެކުންފުންޏަށް ލިބިފައިވަނީ 1815631 (އެއް މިލިއަން އަށް ލައްކަ ފަނަރަ ހާސް ހަ ސަތޭކަ ތިރީސް އެކެއް) ޑޮލަރު ނުވަތަ 28 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި އެމް.ޓީ.ޑީ.ސީއިން ވަނީ ކުންފުނި ހިންގުމަށް 9.7 މިލިއަން ރުފިޔާ ޙަރަދުކޮށްފައެވެ. އެކުންފުނީގެ މާލީ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ވަނީ އިދާރީ ކަންކަމަށް 4.2 މިލިއަން ރުފިޔާ ޙަރަދުކޮށްފައެވެ.

2021 ވަނަ އަހަރަކީ އެމް.ޓީ.ޑީ.ސީއަށް ކާމިޔާބު އަހަރެކެވެ. ތާރީޚުގައި ރެކޯޑު ފައިދާއެއް ލިބިފައިވެއެވެ. އެގޮތުން ޓެކްސްއަށް ކެނޑުމަށްފަހު 2021 އަހަރު އެކުންފުންޏަށް ފައިދާގެ ގޮތުގައި 211.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2020 ވަނަ އަހަރު ލިބުނު ފައިދާގެ އަދަދު ކަމުގައިވާ 50.8 މިލިއަން ރުފިޔާ އަޅާ ބަލާއިރު، 160.9 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ފައިދާ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާއި ގުޅިގެން ސަބްލީޒްގެ ސާފު އިންވެސްޓުމަންޓު ރެކޯޑު ކުރަން ނިންމުމާއި ގުޅިގެން ލީސް މޮޑިފިކޭޝަންގެ ސާފު ފައިދާ އިތުރުވެގެން ދިޔުންކަމަށް އެމް.ޓީ.ޑީ.ސީން ހާމަކުރެއެވެ.

2010 ވަނަ އަހަރުން ފެށިގެން އެމް.ޓީ.ޑީ.ސީ ހިންގަމުން އައިސްފައިވަނީ ގެއްލުމުގައެވެ. އެހެން ނަމަވެސް ކުންފުނި ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކާއެކު އެމް..ޓީ.ޑީ.ސީއަކީ މިހާރު ފައިދާވާ ކުންފުންޏެކެވެ. އެމް.ޓީ.ޑީ.ސީގެ އާމްދަނީ މައިގަނޑުގޮތެއްގައި ބިނާވަނީ ކުއްޔަށް ދީފައިވާ ދެރަށުން ލިބޭ އާމްދަނީއެވެ. އެއީ އަނަންތަރާ ކިހަވަކާއި އަޔާޑާ މަގުއްދޫއެވެ.

އެމް.ޓީ.ޑީ.ސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ