logoEN
cocacola
ވިނީޝިއަސްގެ މޮޅު ކުޅުމާއި އެކު ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް!

ވިނީޝިއަސްގެ މޮޅު ކުޅުމާއި އެކު ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް!

ހަސަން ޝަމްއޫން

logo

2/3/2023, 7:25:53 AM

_128500290_whatsubject

ގޮސިޔާ

ސްޕެނިޝް ލަ ލީގާގައި ރޭ އަމިއްލަ ދަނޑުގައި ވެލެންސިއާ 2-0 ގެ ނަތީއްޖާއަކުން ބަލިކޮށް ޗެންޕިއަން ރެއާލް މެޑްރިޑް އެއްވަނައިގައި އޮތް ބާސެލޯނާ އާއި ދެމެދުގައިވާ ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮއްފިއެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާގެ ގޯލްކީއްޕަރު ޖިއޯޖީ މަމަރުދަޝްވިލީގެ ފަރާތުން މޮޅުކުޅުމެއް ފެނިގެދިޔައިރު އޭނާ ވަނީ މިހާފުގައި ރެއާލްގެ ސްޕެނިޝް މިޑްފީލްޑަރ މާކޯ އަސެންސިއޯ އަދި ބުރެޒިލްގެ ފޯވާޑް ވިނީޝިއަސް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ހުޝިއާރުކަމާއެކު ދިފާއުކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތު ތެރޭގައި ރެއާލް މެޑްރިޑުގެ ޖަރުމަން ޑިފެންޑަރ އެންޓޯނިއޯ ރުޑިގާ އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ރެފްރީ ނިންމީ ރުޑިގާ އެބޯޅަ ގޯލުތެރެއަށް ފޮނުވާލުމުގެ ކުރިން ރެއާލްގެ ކެޕްޓަން ބެންޒެމާ ވެލެންސިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ މިޑްފީލްޑަރ ޔޫނުސް މޫސާއަށް ފައުލްކޮށްފައިވާކަމަށެވެ.

undefined

ރެއާލް މެޑްރިޑް ކުޅުންތެރިން ލަނދުޖެހުމަށް ފަހު އުފާ ފާޅުކުރަނި

ދެ ވަނަ ހާފްގެ ކުރީކޮޅުގައި ރެއާލުން ވަނީ ގާތްގާތުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ރެއާލްގެ ފުރަތަމަ ލަނޑު ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާކޯ އަސެންސިއޯ އެވެ. މި ރެއާލްގެ ކެޕްޓަން ކާރީމް ބެންޒިމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އޭގެ ދެމިނެޓު ފަހުން ބެންޒިމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެއާލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބުރެޒިލްގެ ތަރި ވީނީޝިއަސް އެވެ. މިއީ ރެއާލަށް ކުޅެދިން 200 ވަނަ މެޗުގައި ވިނީޝިއުސް އެ ޓީމަށް ކާމިޔާބުކޮށްދިން 50 ވަނަ ގޯލެވެ.

undefined

ރެއާލަށް ތިން ވަނަ ގޯލެއް ޖަހައިދޭން އޭރިއާތެރެއިން ބެންޒެމާ އަށް ހުސްކޮށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ވެލެންސިއާގެ ޑިފެންޑަރުން ދިފާއުކުރިއެވެ. އަދި އެބޯޅަ ފޮނުވާލަން އުޅުމުގެ ތެރޭގައި ބެންޒެމާގެ ފަލަމަސްގަޑަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ.

ދެވަނަ ހަފުގެ 72 ވަނަ މިނިޓްގައި ވެލެންސިއާގެ ޑިފެންޑަރ ގަބްރިއެލް ޕައުލިސްޓާ ރެއާލްގެ ވިނީޝިއަސްއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެ ރެފްރީ ވަނީ އޭނާ އަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ. އެއްކުޅުންތެރިއެއް މަދުކޮށް ކުޅެމުންދިޔަ ވެލެންސިއާ އަށް މެޗުގެ ފަރަގު ބޮޑުވިޔަނުދީ ހިފަހައްޓާލެވުނީ މި މެޗުގައި މޮޅު ކުޅުމެއްދެއްކި އެޓީމުގެ ގޯލްކީއްޕަރު މަމަރުދަޝްވިލީގެ ސަބަބުންނެވެ. އޭނާ ވަނީ ފަހުވަގުތު ވަލްވޭޑޭ އަދި ރޮޑްރިގޯ ފޮނުވާލި ނުރައްކާތެރި ދެހަމަލާއެއް ހުޝިއާރުކަމާއެކު ދިފާއުކޮށްފައެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު 19 މެޗުން ރެއާލް މެޑްރިޑަށް ލިބިފައިވަނީ 45 ޕޮއިންޓެވެ. އެއްވަނައިގައި އޮތް ބާސެލޯނާއަށް 19 މެޗުން 50 ޕޮއިނޓް ލިބިފައިވާއިރު މިރޭގެ މެޗުން ބަލިވި ވެލެންސިއާ މިވަގުތު އޮތީ 19 މެޗުން ލިބުނު 20 ޕޮއިންޓާއި އެކު ލީގު ތާވަލުގެ 14 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ